ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް ކަނޑު ދަތުރުކުރުމަށް އޮތް ހުރަހަކީ ދަތުރު ފަތުރު ރޭވިފައި އޮންނަ ހަރުދަނާ ވިއުގައެއް ގާއިމްވެފައި ނެތުމެވެ. އަދި ދެވޭނެ ގޮތް ތަކުގެ ފަސޭހަ މަޢުލޫމާތު ލިބެން ނެތުމެވެ. ފެރީތަކާއި ސްޕީޑްބޯޑްތަކުގެ ދަތުރުގެ ތާވަލް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަޞީލަތެއް ނެތުމެވެ. މި ހުރިހާ ކަމަކަށް ހައްލު މިހާރު ހޯދައިދޭނެ ވަޞީލަތަކީި އޮޑިއެޕް އެވެ.

މިއީ ދިވެހިރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރެވޭނެ ޕްލެޓްފޯމެކެވެ. އޮޑިއެޕް އިން ރާއްޖެއަށް ތައާރަފްކުރި އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ލޯންޗްތަކުގެ ބުކިންގެ އިތުރުން ޕޭމެންޓާއި، އަދި ފަސޭހަކަމާއިއެކު އީޓިކެޓް ޕަސެންޖަރުންނަށް އޮޑިވެރިޔާއަށް ފޯރުކޮށްދެވޭނެއެވެ. އޮޑިއެޕުން ވަނީ އޮޑިއެޕް އެސިސްޓެންސް ޕޯޓަލްގެ އިތުރުން އޮޑިއެޕް އެސިސްޓެން މޯބައިލް އެޕްލިކޭޝަންވެސް ތައާރަފު ކޮށްފައެވެ.

Ad
rt

އޮޑިއެޕްގެ އޮފިސަލަކު ވިދާޅުވީ، އެބޭފުޅުންގެ މަޤުސަދަކީ އޮޑިވެރިޔާއަށް ފަސޭހަކަމާއިއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުންނަވައިގެން ވެސް އޮޑި މެނޭޖްކުރެވޭނެ އުސޫލްތަކެއް ޤާއިމްކޮށް ރާއްޖޭގެ އެތެރޭގެ ޓްރާންސްޕޯޓަށް ޙަރުދަނާ ބަދަލުތަކެއް ގެނައުމެވެ.

"އަޅުގަނޑުމެންގެ މަޤުސަދަކީ ރާއްޖޭގެ ދަތުރުކުރާ ސްޕީޑްބޯޓްތަކަށް ފަސޭހަވާނެ ނިޒާމެއް ޤާއިމްކުރުން. އެގޮތުން އޮޑިއެޕް އެސިސްޓެންސް މިދޫކުރަނީ ހުރިހާ އޮޑިވެރިންނަށް މުޅިން ހިލޭ. މިފަދަ ދަތި ވަގުތެއްގައި އަޅުގަނޑުމެންނަށް އެންމެ މުހިންމީ ދަތުރުފަތުރުކުރާ އުޅަނދު ހާއްސަކޮށް ބުކިން ހަދައިގެން ދަތުރުކުރެވޭ އުޅަނދުތަކުގެ ވެރިންނަށް ފަސޭހަކަމާއެކު އެމީހަކު ހުރިތަނެއްގައި ހުރެގެން އޮޑި މެނޭޖްކޮށް، އޮންލައިންކޮށް ބުކިން ހެދޭނެ ނިޒާމެއް އިތުރު ޚަރަދަކާ ނުލައި އޮޑިވެރިންނަށް ފަހިކޮށް ދިނުން."

އޮފިސަލް ވިދާޅުވި އެވެ.

އޮޑިއެޕް އެސިސްޓެންސް އިން ކުރެވެނީ ކޮންކަމެއް؟

  1. ސްޕީޑް ބޯޓްތަށް މެނޭޖްކުރެވޭނެ
  2. ދަތުރުކުރާ މަންޒިލްތަށް އިތުރުކުރުމާއި އެމަންޒިލްތައް ބޭނުންވަގުތަކު ފަސޭހަކަމާއިއެކު މެނޭޖްކުރެވޭނެ
  3. ބުކިންގް ހެދުމާއި ބުކިންގްތަށް މެނޭޖްކުރެވޭނެ
  4. ކޮންމެ ބުކިންއަކާއެކު އީ ޓިކެޓެއް ޕަސެންޖަރަށް ފޮނުވާލެވޭނެ
  5. ޓިކެޓްތަކުގެ ފައިސާ ސީދާ އޮޑި އެސިސްޓެންސް އިން މެނޭޖްކޮށްލެވޭނެ
  6. ބޯޓްތަކުން ދަތުރުކޮށްފައިވާ ގޮތުގެ ތަފާސް ޙިސާބު ފަސޭހައިން ބަލާލެވޭނެ
  7. ޕްރައިވަޓް ހަޔަރތަށް މެނޭޖްކުރެވޭނެ
  8. ފަސޭހަކަމާއެކު ދަތުރު ފަތުރުގެ އެޖެންޓުންގެ މުއާމަލާތްތައް މެނޭޖްކުރެވޭނެ
  9. އީ-ބޯޑިން ހެދޭނެހެން ޕަސެންޖަރ މެނިފެސްޓް ކޮންމެ ދަތުރުކަށް ވަކިން ތައްޔާރުކޮށްލެވޭނެ

އޮޑިއެޕްގައި ރަޖިސްޓްރީވެލުމަށް ވެބްސައިޓަށް ނުވަތަ ހޮޓްލައިން 9920022 އަށް ގުޅާލެއްވުމުން ކުރިޔަށް ގެންދެވޭނެކަމަށް އެފަރާތުން ހާމަކުރެ އެވެ. އަދި މިޕްލެޓްފޯމުގައި ރެޖިސްޓްރީވާ ވިޔަފާރިތަކަށް ހާއްސަ މާކެޓިން އަދި ސޭލްސް ޕިޗްތަކެއްވެސް އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭން ވަނީ ނިންމާފައިކަމަށް މަޢުލޫމާތު ދެއެވެ.

އޮޑިއެޕް އެސިސްޓެންސްގެ އިތުރުން އާއްމުންނަށް ޓިކެޓް ނެގޭނެ އޮޑިއެޕްގެ ޕްލެޓްފޯމްވެސް ވަރަށް އަވަހަށް ގެނެސްދިނުމަށް އެފަރާތުން ތައްުޔާރު ވަމުންދާކަމަށް އޮފިސަލް ވިދާޅުވި އެވެ.