މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުންދާ ބ.ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެމަސައްކަތުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ

މި މަޝްރޫޢުގެ ދަށުން ފެހެންދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 130 މީޓަރު ބޭރު ތޮށި ޖެހުމާއި، 282 މީޓަރު ރިވެޓްމެންޓް ޖެހުމާއި،214 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި 11m x11m ގެ ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުމާއި،ބަނދަރު ފުން ކުރުމާއި، ބަނދަރު ނެރު ފުންކުރުމާއި، 4 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 10 ލައިޓް ޖެހުމުގެ އިތުރުން 6 މޫރިން ބްލޮކްހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 49.6 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.