އަމިއްލައަށް ކޯވިޑް19 އަށް ޓެސްޓު ކުރެވޭ ކިޓު ތަކަކަށް ފުރަތަމަ ފަހަރަށް ހުއްދަ ދީފައިވާކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފި އެވެ.
ރޮއިޓާރސްއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ 30 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ކިޓު ތަކެކެވެ. ލުސީރާ ހެލްތު އިން ހަދާފައިވާ މި ކިޓު ތަކަށް އެފްޑީއޭ އިން ހުއްދަ ދީފައިވަނީ، އިމަރޖެންސީގެ ހާލަތްތަކުގައި ބޭނުން ކުރުމަށެވެ. އަދި ނޭފަތަށް ކޮއްޕައިގެން ނަގާ ސާންޕަލް އަމިއްލަ އަށް ނެގޭނީ 14 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށްވެސް އެފްޑީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
"މިއީ އަމިއްލަ ގޭގައި ސާންޕަލް ނަގައިގެން ވަގުތުން ނަތީޖާ ލިބޭ ކިޓަކަށް ހުއްދަ ދެވުނު ފުރަތަމަ ފަހަރު "
އެފްޑީއޭ ކޮމިޝަނަރު ސްޓީވެން ހާން ވިދާޅުވިއެވެ.
މި ކިޓަކީ ގޭގެ އިތުރުން ހޮސްޕިޓަލު ތަކުގައިވެސް ބޭނުން ކުރެވޭނެ ކިޓެކެވެ. އަދި ރެގިޔުލޭޝަން ގައިވާގޮތުން، 14 އަހަރުން ދަށުގެ ކުދިންގެ ސާންޕަލް ނެގޭނީ ހެލްތު ވޯކަރަކަށް އެކަންޏެވެ.
A single-use COVID-19 self-testing kit for home has been approved by the U.S. Food and Drug Administration https://t.co/GLYEYMISHR pic.twitter.com/2BZ4M2P7kf
— Reuters (@Reuters) November 18, 2020
ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި، ފައިޒާ އަދި މޮޑާރނާގެ ވެކްސިން ތަކުން ދުނިޔެއަށް އުންމީދު ލިބިފައިވާއިރު، ޓެސްޓު ކުރުމަކީ އަދިވެސް މި ބަލިމަޑުކަމުން ސަލާމަތް ވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!