ވިންޑްސާފް ބޯޑެއްގައި ދަތުރުކުރި ދެ ދިވެއްސެއްގެ ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެމީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ވިންޑްސާފް ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫ އަށް ދަތުރުކުރި ދެ ދިވެހިން މިހާރު ކޯސްޓްގާޑުގެ ލޯންޗްއަށް ނަގާފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީގުކުރަމުން އަންނަކަމަށެވެ.

Ad
rt

މިދެމީހުން ކަނޑުމަތިން ފެނިފައިވާއިރު މިދެމީހުންގެ ހާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

އެދެމީހުންގެ ހަބަރެއް ނުވެގެން އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިދެދުވަހު އަންނަނީ ސަމާލުތަށް ނެރެމުންނެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.