މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު 3 މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނީ، ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ފައިވާކަމަށެވެ.

Ad
rt

2020 އޮކްޓޯބަރ 25 ވަނަ ދުވަހުގެ 11:40 އެހައިކަންހާއިރު، ހިނގި މިފޭރުމުގެ މައްސަލާގައި ވަނަ ވަރު އާންމު ކުރި 3 މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުވެސް ވަނީ މިމައްސަލާގައި 4 މީހަކު ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

https://thiladhun.wonstasite.com/46273

މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބަޔަކު މަސައްކަތް ކުރީ، އެ ފައިސާތައް ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންގޮސް ފައިސާތައް ވޭނުން ބާލަން އުޅެނި ކޮށެވެ.

އެހާދިސާ ފެންނަ ވީޑިއޯގައި ފެންނަ ގޮތުން، ފައިސާ ހިފައިގެން ދިޔަ ވޭން މަޑުކޮށް ފައިސާތައް ބާލަން ތައްޔާރު ވުމުން، ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރެއެވެ. ނަމަވެސް އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ މަސައްކަތުންނެވެ.

ރޫޓު ފިހާރައާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެފައިސާތަކުގެ ޖުމްލަ ޢަދަދު 4.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ރޫޓު ފިހާރައިގެ ފައިސާތައް ފޭރުން ހުއްޓުވި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ ސެކިއުރިޓީ ގާޑު މުހައްމަދު ހަސަން މަނިކަށް، އެ ފޭރުން ހުއްޓުވިކަމުގެ އަގު ވަޒަންކޮށް 50،000 ރުފިޔާ އާއި، ރަމްޒީ ލިއުމެއް ރޫޓު ފިހާރައިން ވަނީ ދީފަ އެވެ.

މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންކަމަށް ފުލުހުންވަނީ ބުނެފައެވެ.