ނިމިދިޔަ އެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބުކުރާ ބޭފުޅެއްގެ ސަބަބުން އިސްލާމީ އުންމަތަށް އެމެރިކާގެ އެހީތެރިކަމެއް ލިބިދާނެތޯ ސުވާލު ކުރަށްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ތިން ސުވާލެއް އުފައްދަވައިފިއެވެ.

އިސްލާމީ ދައުލަތެއްކަމަށް ކަމަށްވާ ފަލަސްޠީނުގެ ހައްޤުގައި ރައްޔިތުންގެ މަޖިލިސްއަށް ބައެއް ގަރާރު ހުށަހަޅުއްވާފައިވާ މެންބަރު ސައުދު މިއަދު ކުރެއްވި 3 ސުވާލުން ކުރެ ފުރަތަމަ ސުވާލަކީ އެމެރިކާގެ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރިނަމަވެސް އެމެރިކާއިން އިސްލާމީ އުންމަތަށް ހަމަޖެހުމާއި މިނިވަންކަން ދޭނެތޯ ކުރެއްވި ސުވާލެވެ.

Ad
rt

''އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށި ކުުރުމަށް ޑިމޮކްރެސީ އާއި ޓެރެރިޒަމްގެ ނަމުގައި ފަށާފައިވާ ހަގުރާމައަށް ނިމުމެއް ގެންނާނެތޯ؟'' ދެވަނަ ސުވާލެއްގެ ގޮތުގައި އޭނާ ކުރަށްވާފައި ވެއެވެ.

ތިންވަނަ ސުވާލެއް ގޮތުގައި ސައުދު އުފެއްދެވި ސުވާލަކީ ''ފަލަސްޠީނާއި އިސްލާމީ އެތަށް ގައުމަކަށް ދިމާވެފއިވާ އަޅުވެތިކަމަށް ނިމުންގެނެސް އެގައުމުތަކުގެ ރައްޔިތުންނަށް އިންސާނީ ހައްޤު ކަށަވަރު ކޮއްދެވޭނެތޯ'' އެވެ.

''އެމެރިކާގެ އިންތިޚާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރިނަމަވެސް އެމެރިކާއިން އިސްލާމީ އުންމަތަށް ހަމަޖެހުމާއި މިނިވަންކަން ދޭނެތޯ؟ އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށި ކުުރުމަށް ޑިމޮކްރެސީ އާއި ޓެރެރިޒަމްގެ ނަމުގައި ފަށާފައިވާ ހަގުރާމައަށް ނިމުމެއް ގެންނާނެތޯ؟ ފަލަސްޠީނާއި އިސްލާމީ އެތަށް ގައުމަކަށް ދިމާވެފއިވާ އަޅުވެތިކަމަށް ނިމުންގެނެސް އެގައުމުތަކުގެ ރައްޔިތުންނަށް އިންސާނީ ހައްޤު ކަށަވަރު ކޮއްދެވޭނެތޯ؟''

= ސައުދު ޙުސައިން، ވިލިނގިލި ދާއިރާގެ މެންބަރު=

މެންބަރު ސައުދު މި ސުވާލުތައް އުފެއްދެވިއިރު، އޭނާ ފަލަސްޠީނުގެ ޙައްޤުގައި މަޖިލިސްއަށް ހުށަހެޅުއްވި އެއް ގަރާރަކީ މިއަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ވެރިވެގަނެ ހިންގާ ޖަރީމާތައް ކުށްވެރި ކުރުމަށާއި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް ދުނިޔެއަށް ގޮވާލުމުގެ ގޮތުން ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި ގަރާރެވެ.

މަޖިލިސް ތަޅުމުގައި އެ ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނާ، އެ ގައުމުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ގިނަ ޢަދަދެއްގެ ދިވެހީން ވެސް އެ އިންތިޚާބެއްގެ ނަތީޖާތައް ވަރަށް ގާތުން ބަލަމުން ދިޔަ އިންތިޚާބެކެވެ. އަދި އެ އިންތިޚާބަށްފަހު ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުންނާއި، އެކި ފިކުރުގެ ސިޔާސީ މީހުންނާއި އަދި ސަރުކާރުގެ އިސް ބައެއް ބޭބޭފުޅުން ވަނީ އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް އިންތިޚާބުވެފައިވާ ޖޯ ބައިޑަން މަރުޙަބާ ކިޔާފައެވެ.