ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދަޢުވާ ކުރާ އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ތުހުމަތުކުރަށްވައި، ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެކަމުގެ އިންޒާރު އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ވައިޓް ހައުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޤައުމުގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް އެބަ ހިނގާ ކަމަށާއި، އެހެންކަމުން ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ހަނިގޮތަކަށް ބައިޑެން ކާމިޔާބު ކުރަށްވާނެ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ލަފާކުރެއެވެ. ނަމަވެސް ޓްރަމްޕަށް ވެސް އިންތިޚާބު ކާމިޔާބު ކުރުމުގެ ދޮރު ބަންދުވެފައިއެއް ނުވެއެވެ.
ވައިޓް ހައުސްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ އޭނާއަށް އިންތިޚާބު ކާމިޔާބުވެފައި ވާކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެ"
ޓްރަމްޕް ވިދާޅުވި އެވެ.
އެހެނަމަވެސް ވޯޓުގައި އޮޅުވާލުން ތަކެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރަށްވައި، ޓްރަމްޕް ވިދާޅުވީ ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަޑައި ގަންނަވާނެ ކަމަށެވެ.
#UPDATES Trump says "we did win this election," despite the final results not yet being given. "This is a fraud on the American public"
Says he will go the Supreme Court: "We want all voting to stop" pic.twitter.com/qlpV2XMMO2— AFP News Agency (@AFP) November 4, 2020
"އަޅުގަނޑުމެންގެ އަމާޒަކީ އިންތިހާބުގެ ނަޒާހާތްތެރިކަން ދެމެހެއްޓުން. އަޅުގަނޑުމެން ބޭނުން ވަނީ ގާނޫނުތައް ރަނގަޅަށް ބޭނުން ކުރާނެކަން ޔަގީން ކުރަން. ވީމާ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން. އަދި މިހާރު ވޯޓުލުން ހުއްޓުވަން އަޅުގަނޑުމެން ބޭނުން"
ޓްރަމްޕް ވިދާޅުވި އެވެ.
މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖުތަކުގެ ޖުމްލަ 538 ވޯޓުގެ ތެރެއިން ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ މިހާތަނަށް 224 ކާމިޔާބު ކުރައްވައިފަ އެވެ. އަދި ޓްރަމްޕް މިހާރު ވަނީ 213 ކޮލެޖު ވޯޓު ހޯއްދަވައިފަ އެވެ.
އެ އިންތިހާބު ކާމިޔާބު ކުރާނީ 270 އިލެކްޓަރުން ހޯދާ ކެންޑިޑޭޓެކެވެ.
އަދިވެސް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެ ކެނޑިޑޭޓުންކުރެ ކޮންމެ ކެނޑިޑޭޓަކަށްވެސް އެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު އެބަ އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!