އެލްބިއަން ސްޓޯރގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

1980ކ ގެ އަހަރުތަކުން ފެށިގެން ހާޑްވެއަރ ގެ ބާވަތްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް ސަޕްލައި ކުރަމުން އަންނަ އެލްބިއަން ސްޓޯރގެ އިތުރު އައުޓްލެޓެއް ހުޅުވާފައިވަނީ ޖަނަވަރީ މަގުގައެވެ.

Ad
rt

މިފިހާރަ ރަސްމީކޮން ހުޅުވައިދެއްވީ ވައިކަރަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޙުސަން ޒިޔާދު އާއި އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރޕަރސަން އަލްފާޟިލާ އާމިނަތު މިރްފަތު އަޙްމަދުއެވެ.

އާސްކް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ މިފިހާރަ ހުޅުވުމުގެ މަޤްޞަދަކީ، ކަސްޓަމްރުންނާއި ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަސްޓަމަރުންނަށް ފަސޭހައިން ގާތުން މުދާ ލިބޭނެ ގޮތެއް ހޯދުމަށާއި ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް ބޭނުންވެފައި ތިބުމުން ކަމަށެވެ.

ފިހާރަ ހުޅުވުމުގެ މުނާސަބަތާއި ގުޅުވައިގެން ކަސްޓަމަރުންނަށް ޑިސްކައުންޓްލިބޭ ޕްރޮމޯޝަންތަކެއްވަނީ ފައްޓާފައެވެ. އެގޮތުން 04 ނޮވެމްބަރ 2020އިން ފެށިގެން 10 ނޮވެމްބަރ 2020އަށް، މި ފިހާރައިން -/500 ރުފިޔާއަށްވުރެ މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް، %10ގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ޕޮރޮމޯޝަނެއްވަނީ ފައްޓާފައެވެ.

މި އައުޓްލެޓުގައި އެލްބިއަން ސްޓޯރުން މިހާރުވެސް ލިބެމުންދާ މަޝްހޫރު ބްރޭންޑްތަކުގެމުދާ ލިބެން ހުންނާނެކަމަށްވެސް މަޢުލޫމާތު ދެމުން ބުނެފައި ވެއެވެ.

އެލްބިއަންގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި މޮންސޫން، ޕްރީމާ، ރޫބީ، ސެރާ، ކެންގަރޫ އަދި އެބްކޯ ބްރޭންޑްގެ ސާމާނު ލިބެގެންދާނެއެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ހާޑްވެއަރ ސާމާނާއި، ފްލޯރިންގ، ތަފާތު ވައްތަރުގެ ބްލޮކް ބޯޑް، ޕްލައިވުޑް އަދި ސެނިޓަރީ ވެއަރގެ ސާމާނު ލިބެންހުންނާނެއެވެ.

ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، އެލްބިއަން ސަރވިސަސްއިން ދެމުން އަންނަ ޓައިލް ކެފުމާއި، މަރާމާތުކުރުމާއި ކާޕެންޓްރީގެ ހިދުމަތްތައްވެސް ކަސްޓަމްރުންނަށް ލިބިގެންދާނެއެވެ.

Finally, the 4th November is here...

We are delighted to announce the opening of our #NEW ALBION STORE OUTLET at...

Posted by Albion Store on Tuesday, November 3, 2020

މި ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ.