މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ޢިމާރާތްތަކުގެ އެތެރޭގައި ތާށިވެފައި އޮތް 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފިއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންވަނީ ޢިމާރާތްތަކުގެ ދަށުން ދެ ކުޑަކުދިން ސަލާމަތްކޮށްފަ އެވެ. މި ކުދިން ފެނިފައިވަނީ ބިންހެލުން އައިސްފައިވާ އެއިޖިއެން ސަރަހައްދުގައި ބިމާ ހަމަވެފައިވާ ގާ ފުންޏެއްގެ ތެރެއިންނެވެ.

Ad
rt

3 އަހަރުގެ ތުއްތު އޭލިފް ޕެރިންސެކް މި ގާފުނީގެ އަޑިން ސަލާމަތްކޮށްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 ގައި އައި ބާރުގަދަ ބިން ހެލުން އައިތާ 65 ގަޑިއިރު ފަހުންނެވެ. މި ބިންހެލުމުގެ އަސަރު ތުރުކީއާއި އިންވެގެން އޮންނަ ގްރީސްއަށްވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ތުރުކީގެ ޓީވީއަކުން ވަނީ މި ކުޑަ އަންހެން ކުއްޖާ ސަލާމަތްކޮށް ފޮއިލް ބްލޭންކެޓްއަކަށް ލައިން ގެންދާ މަންޒަރު ދައްކާފައެވެ. އެ ކުއްޖާއަށް ވަނީ ވަގުތުން ފަރުވާ ދޭން ފަށާފައެވެ.

ޓީއާރްޓީ ނޫޙުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކުއްޖާއާއި އެކު ސަލާމަތް ކުރި އޭނާގެ ބޭބެ ވަނީ ފަހުން ނިޔާވެފައެވެ.

މި ބިންހެލުމުގެ ސަބަބުން ތުރުކީއިން ނިޔާވި މީހުންގެ އަދަދުވަނީ 83 އަށް އަރާފަ އެވެ. އެކި ވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން މި ވަގުތުވެސް 1000 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 200 މީހުން ތިބީ އެނދުމަތި ކުރެވިފައެވެ.

ބޭރަކްލީ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަފަރާތްތަކުން އަދިވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.