ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕަރސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް އަދި ޕްރޮފިޓް ރޭޓއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ އިސްލާމިކްގެ ފައިނޭންސިންގއަށްވެސް މި ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. މި ބަދަލުތަކާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބަދަލުތައް ގެނައީ އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

Ad
rt

މިއަދު ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯން ގެ ރޭޓް ވަނީ %15 އަށް ކުޑަކޮށްފައެވެ. އަދި ޝަރުތު ހަމަވާ ކަސްޓިމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް އެ ބޭންކުން ވަނީ %12 އަށް ކުޑަކޮށްފައެވެ. އަދި އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް
ރަހުނަކާ ނުލައި މިހާރު %15 އިންޓްރެސްޓް ރޭޓްގައި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށާއި، 300،000 ރުފިޔާއިން ފެށިގެން 1.5 ލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު %12 އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް 15 ޕަސެންޓަށް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓުތަކުގެ ސަބަބުން ކަސްޓަނަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ."

މިބަދަލުތަކާއި ގުޅިގެން ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވިއެވެ.

މިބަދަލުތަކުގެ ތެރެއިން އެ ބޭންކުން ދޫކުރާ އެމްއެލްގެ ހައުސިންގ ލޯނު ޕޯރޓް ފޯލިއޯ އަށް ބަލާއިރު ވަނީ %10 އާ ހަމަޔަށް
ދަށްކޮށްފައި ކަމަށާއި، މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓު ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މި ރޭޓްގައި
ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން %50 އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށް ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓްވެސް %10.5 އާ ހަމަޔަށް ކުޑަކޮށްފައިވާކަމަށް އެ ބޭނުންކުން ވަނީ ބުނެފައި އެވެ.

ބީއެމްއެލުން ވަނީ އެ ބޭންކުން ދޫކުރާ ލޯނުތަކާއި ފައިނޭންސްތަކަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ. މި ބަދަލުތަކާ ގުޅޭ މައުލޫމާތު އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.