ނާސާގެ ސެޓެލައިޓެއް ކަމަށްވާ "ކޮޕާރނިކަސް ސެންޓިނެލް-3 މިޝަން" އިން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް ނަގައިފިއެވެ.
އިންޑިޔާ ކަނޑުގެ ރީތިކަމާއި އެކު، މުތީ ތަކެއް ފަދައިން އެތުރިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ފޮޓޯ އިތުރަށް ފުރިހަމަވެގެންދަނީ މި ސެޓެލައިޓުން ނަގާ ފޮޓޯ ވަށަމިނުން 1270 ކިލޯމީޓަރު ކަވަރުކުރާތީއެވެ.
އެމެރިކާގެ ޖައްވީ އިދާރާއިން އުދުއްސާލާފައިވާ މި ސެޓެލައިޓުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. އަދި ހިކިފަސް ތަންތަނުގެ ފިނިހޫނުމިން ރެކޯޑު ކުރުމަކީވެސް މި ސެޓެލައިޓުގެ އެއް މަސައްކަތެވެ. މި ސެޓެލައިޓު އުފައްދާފައިވަނީ ސީދާ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ދުނިޔެއަށް އަންނަ ބަދަލުތައް ރެކޯޑުކުރުމަށެވެ.
މި ސެޓެލައިޓުގައި ހަރުކޮށްފައިވާ އާލާތްތަކަށް ބަލާއިރު، ހިކިފަސް އަދި ކަނޑުގެ ފިނިހޫނުމިން ދެނެގަންނަ އާލާތްތަކާއި، ކަނޑުގެ ލޮނުގަނޑުގެ ކުލަ ދެނެގަންނަ އާލާތްތަކާއި، ޑޮޕްލަރ އޯރބިޓޯގްރަފީ އެންޑް ރޭޑިޔޯ ޕޮޒިޝަނިންގއާއި، މައިކްރޯވޭވް ރޭޑިއޯމީޓަރެއް ހިމެނެއެވެ.
ސެންޓިނެލް 3 މަރުކާގެ 2 ސެޓެލައިޓެއް މިހާތަނަށް ޖައްވަށް ވަނީ އުދުއްސާލާފައެވެ. މި ގޮތުން ފުރަތަމަ ސެޓެލައިޓު 16 ފެބުރުއަރީ 2016 ގައި އުދުއްސާލާފައިވާ އިރު، ދެވަނަ ސެޓެލައިޓު އުދުއްސާލާފައިވަނީ 25 އޭޕްރީލް 2018 ގައެވެ.
This image taken by Copernicus EU #Sentinel-3 on 29 March shows all 1200 islands that make up the Republic of Maldives....
Posted by ESA - European Space Agency on Saturday, October 31, 2020
މި އަހަރުގެ ނޮވެމްބަރ 10 ގައި އުދުއްސާލުމަށް ހަޖެހިފައިވާ ސެންޓިނެލް 6 އަކީވެސް ސެންޓިނެލް 3 ގެ މަސައްކަތަށް ބާރުދިނުމަށް ނާސާއިން އުދުއްސާލުމަށް ތައްޔާރުވަމުން އަންނަ ސެޓެލައިޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!