އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ އަށް ފަރަންސޭސިވިލާތުން ފުރައްސާރަކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް 34 މަދަނީ ޖަމްޢިއްޔާއަކުން ގޮވާލައިފި އެވެ.

މަދަނީ ޖަމްޢިއްޔާތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށާއި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެއް ކަމަށެވެ.

Ad
rt

ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހޭކަމަށާއި އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައި ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ! އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

ސަބަބެއްކަމުގައި ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަން ކޮށް، އެމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރަށްޓަކައި، ޙަސަދަވެރިކަމާ ބޮޑާކަމުގެ ތެރެއިން ޢަދާވާތްތެރީން މިވަނީ އެކަލޭގެފާނާ ދާވާލައިފައިކަމަށެވެ.

މާތް ﷲ ވަނީ އެކަލޭގެފާނުގެ ޤަދަރާއި މަޤާމް މަތިވެރި ކުރައްވާފައިކަމުގައި އެކަލާނގެ އެންމެފަހުގެ ޝަރީޢަތް ބާވައިލެއްވި ޤުރްއާނުގައި އިޢުލާންކުރައްވާފައެވެ. އެހެންކަމުން މާތް ނަބިއްޔާގެ އަބުރުފުޅަށް އަރައި، ފުރައްސާރަކުރި ކޮންމެ ފަހަރަކުމެ، އިހުނަށްވުރެ އެކަލޭގެފާނުންގެ ނަންފުޅު ދުނިޔޭގައި މަތިވެރިވެ، އިސްލާމްދީން ޢިއްޒަތްތެރިވެގެން ގޮސްފައި ވެއެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

މިއަދުވެސް އެކަން ހިނގަމުންދަނީ ހަމަ އެމަގަށްކަމަށާއި އިއްޔެގެ އަބޫޖަހުލުމެން ފަދައިން މިއަދުވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚްތިޔާރުކޮށްފައި އެވަނީ ކައުނަބިއްޔާއަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުންކަމުގައި އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ދީނާއި ދަޢުލަތް ވަކިކޮށް، ލާދީނީ ސަރުކާރެއް އެންމެކުރީގައި ޤާއިމުކުރި ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ވަނީ މިދާކަށް ދުވަހު އަނެއްކާވެސް ކައުއިތުރު ނަބިއްޔާއަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައެވެ. އަދި އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުންކަމަށް މިކަލޭގެ ވަނީ ތަކުރާރުކޮށް ޞިފަކޮށްފައެވެ.

އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ މިކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއްކަމަށާއި އެހެންކަމުން ކާފަރު ވިލާތުގެ ޤައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކާއި މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް އަޅުގަނޑުމެން ދިވެހި ލޮބުވެތި މުޥާޠިނުންނަށް ހަދުމަކޮށްދީ ޚަބަރުދާރު ކުރުވާކަމުގައި ބުނެފައިވެއެވެ.

އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި އަޑު ނޫފުލައި ކަހާތަން ހިރުވާވެސްނުލާ ތިބުމީ މުސްލިމުންކަމަށް ދަޢުވާކޮށްގެ ތިބެމެ، އެދަޢުވާގައި ތެދުވެރިކަމެއް ނެތްކަމުގެ ސާފުހެތްކެކެވެ. ﷲތަޢާލާ ވަހީކުރައްވާފައިވެއެވެ. إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّـهُ މާނައީ: ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް އެވަނީ نصر ދެއްވަވާފައެވެ.“

އެބަޔާނުގައި ބުނެފައިވެއެވެ.

މުސްލިމުން އެދީނެއްގެ މަތީގައި ތިބޭ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ފޮނުއްވި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށް ކާފަރުންނަށް ފުރުޞަތު ނުދިނުމަށް މި ބަޔާނުގައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަނީ ގޮވާލާފަ އެވެ. އަދި ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ ސްޕާ ހީރޯއެއްކަން ކަށަވަރުކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.