މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގް އޯރގަނަައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް 119 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Ad
rt

އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނައިން މި ކުއާޓަރުގައި ލިބުން އިރު، މިދިޔަ އަހަރަށްވުރެ އެ ކުންފުނީގެ 3 ވަނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅެވެ. އެ ގޮތުން، މިދިޔަ އަހަރުގެ 3 ވަނަ ކުއާޓާރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 94 މިލިއަން ރުފިޔާއެވެ. އެއީ މި އަހަރާއި ބަލާއިރު 5 ޕަސެންޓް ގެ ކުރިއެރުމެކެވެ.

މާލީ ރިޕޯޓަށް އިތުރަށް ބަލާލާއިރު، މުޅި އެކު އެ ކުންފުނިން 3 ވަނަ ކުއާޓާރގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އަދި މި ފަހަރު އެސްޓީއޯއަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ އެ ކުންފުނިން ކުރަމުން އަންނަ ތެލުގެ ވިޔަފާރިންނެވެ. ތެޔޮ ވިއްކައިގެން އެ ކުންފުންޏަށް 818 މިލިއަން ރުފިޔާ ލިބުނު އިރު، އެހެނިހެން ވިޔަފާރިތަކުން 727 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ވަނީ ލިބިފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެސްޓީއޯގައި 2,057 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، އޭގެ ތެރެއިން 81 ްއިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.