މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 25 އިންސައްތަ އަދި ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށް މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައިއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައި. pic.twitter.com/fJyJro6seA
— MTCC Plc (@MTCCPlc) October 28, 2020
ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 ޕަސެންޓް ވަނީ ނިމިފައިވާ ަކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށ މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައި އެވެ.
ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައި. pic.twitter.com/pOjc6HdjDt
— MTCC Plc (@MTCCPlc) October 28, 2020
އެމްޓީސީން އަންނަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި އެކުންފުނިން ދަނީ މާލީ ފުރިހަމަ ނަތީޖާއެއް ވެސް ހާސިލް ކުރަމުންނެވެ. މި ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައި އެވެ.
އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!