މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މިނިސްޓްރީއިން ޢާންމު ކުރި އިޢުލާންއެއްގައި ބުނީ ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކަކީ، ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރިއެއް ކަމަށެވެ.
އެހެންކަމުން މި ފިހާރަތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ފައިދާ ލިބޭނެ މަގު ތަނަވަސްވުމަކީ، އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި ހަމަ އެހެންމެ، މި ފަދަ ފިހާރަތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވުމަކީ، ރާއްޖޭގެ ފަތުރުވެރިކަންވެސް ކުރިއެރުވުމަށް ކުރެވިދާނެ މުހިންމުކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފައި ވެއެވެ.
އެ މިނިސްޓްރީއިން ބުނީ ފަތުުރުވެރިކަމާއި މި ފަދަ ފިހާރަތައް ގުޅާލެވިގެން ދިޔުމަކީ، މުހިންމު ކަމެއްކަމަށެވެ. އަދި މި ކަން ކުރުމަށް މިނިސްޓްރީއިން ވަނީ މިފަދަ ފިހާރަތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.
ްެއެ ގޮތުން، މި ދަފްތަރުގައި ރަޖިސްޓްރީ ކުރެއްވުމަށް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭ ފޯމެއް ފުރިހަމަ ކުރައްވަން ޖެހެއެވެ. އަދި އަމިއްލަ ފަރުދެއް ނަމަ އައި ޑީ ކާރޑު، ނުވަތަ ފިހާރައެއް ނަމަ ފިހާރާއިގެ ރަޖިސްޓްރީއާއި އެކު މި ފޯމު info@tourism.gov.mv އަށް އީމެއިލް ކުރެއްވުމަށް އެ މިނިސްޓްރީގެ އިޢުލާންގައި ވަނީ ބުނެފައި އެވެ.
ކޯވިޑްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ފޯރި ހީނަރުކަން ރާއްޖެއަށް ވެސް ވަނީ ފޯރާފައި އެވެ. އަދި އެހާލަތުން އަރައިގަތުމަށް ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!