ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފްރާންސްއިން އުފައްދާ އެންމެހާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އުރުދުޣާން މި ކަމަށް ގޮވާލައްވާފައިވަނީ، ފްރާންސްގައި މުސްލިމުންނަށް ކުރަމުން އަންނަ ފުރައްސާރަ އިތުރުވެ، އެ ޤައުމުގެ ސަރުކާރުންވެސް މި ކަމަށް އެއްބާރުލުން ދެމުން އަންނާތީއެވެ.
"ފްރާންސް އިން ބުނި ގޮތަށް "ތުރުކީގެ އުފެއްދުންތައް ނުގަންނާތި" ހަމަމިއާއި ވިއްދާފައި އަހަރެން އަހަރެންގެ ޤައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ ފްރާންސްގެ އުފެއްދުންތައްވެސް ނުގަތުމަށް" އުރުދުޣާން އަންކާރާގެ ޓީވީއަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ޢަރަބި ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ޤަތަރު އަދި ކުވައިތުގެ ސުޕަރމާރކެޓް ތަކުގައި ފްރާންސްގެ ގިނަ އުފެއްދުންތަކެއް ބޯއިކޮޓް ކުުރަންވަނީ ފަށާފައެވެ. ޖޯރޑަންއިންވެސް ވަނީ މި ހަރަކާތުގައި މަޑުމަޑުން ބައިވެރިވާން ފަށާފައެވެ.
އުރުދުޣާންގެ މި ބަސްތަކުގެ ސަބަބުން، ފްރާންސްގެ ރައީސް އިމޭނުއޭލް މެކްރޯން ވަނީ ތުރުކީގައި ހުންނަ އެ ޤައުމުގެ އެންވޯއީއާއި މަޝްވަރާތަކެއް ކޮށްފައެވެ. ވޭތުވެދިޔަ އަހަރު ތަކުގައި، ތުރުކީ އަދި ހުޅަނގުގެ ޤައުމުތަކާއި ވަނީ ގިނަ ގުނަ މައްސަަލަތަކެއްޖެހިފައެވެ.
ފްރާންސްގެ ރައީސް މެކްރޯން އާއި ދެކޮޅަށް މުސްލިމު ދުނިޔޭގައިވަނީ ވަރަށް ބޮޑަށް އަޑު އުފުލަން ފަށާފައެވެ. ޚާއްސަކޮށް މި އަޑު ގަދަވެފައިވަނީ، ލޮބުވެތި ރަސޫލާ (ޞއވ)އަށް ނިޞްބަތްކޮށް ކުރަހާފައިވާ އަދަބުކުޑަ ކާރޓޫންތަކާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރުމަށް ނިންމުމުގެ ސަބަބުންނެވެ.
ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި، ފްރާންސްއަށް ނިޞްބަތްވާ މުސްލިމަކު ވަނީ އޭނާގެ ޓީޗަރަކު މި ފަދަ އަދަބު ކުޑަ ކާރޓޫންއެއް ދައްކައިގެން އެ ޓީޗަރު މަރާލާފައެވެ. މިފަދަ ގިނަ ގުނަ މައްސަލަަތަކެއް ފްރާންސްގެ އެތެރޭގައި ދަނީ ގިނަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!