ރާއްޖޭގެ މަސްވެރިއެއް ބޭނި ކަނޑު މަހަކުން ކުދިކުދި ހުދުކުލައިގެ ސިސްޓް ތަކެއް ފެނިއްޖެއެވެ.

"އަލްމަސްވެރިޔާ" ނަމަކަށް ކިޔާ ޒުވާނަކު ޓްވިޓަރގައި ޢާންމު ކުރި ފޮޓޯއާއި އެކު އޭނާ ބުނެފައިވަނީ، ބާނާފައިވާ ކަނޑުމަހުގައި ކުދިކުދި ވަށް ބޯޅަ ތަކެއްހެން ހުދުކުލައިގެ ސިސްޓްތަކެއް އެކުލެވިފައިވާކަމަށެވެ. އަދި މިއީ އިންފެކްޝަންއެއްގެ ޢަލާމާތެއް ކަމަށާއި، މިއަށް ކިޔާ އުޅޭ ނަމަކީ "މިކްސްއޮޒޯންސް" ކަމަށެވެ. އަދި މި ފަދަ ކަންކަމަކީ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭފަދަ މަޢުލޫމާތުތަކެއް ކަމުގައި ހަދަން ޖެހޭ ކަމަށެވެ.

Ad
rt

އެފޮޓޯ ތަކާއި އެކު، އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ދާރުލް އާސާރުން މިކަމާއި ގުލޭ މަޢުލޫމާތު ހިމެނޭ ލިންކެއްވެސް ވަނީ ހިއްސާކޮށްފަ އެވެ. މިކްސްއޮޒޯންސްއާއި ބެހޭ ގޮތުން އެ އާޓިކަލްގައި ބުނެފައިވާ މަޢުލޫމާތު ކޮޅެއް ތިރީގައި ހިމަނާލާނަމެވެ.

މިކްސްއޮޒޯންސް އަކީ ކަނޑުގައި ދިރިއުޅޭ މަހުގެ އިތުރުން، ރީތި ފެން ކޯރު ތަކުގައި ދިރި އުޅޭ ބައެއް މަސްމަހުން ފެންނަ ޕެރަސައިޓަލް އިންފެކްޝަންއެކެވެ. މި އިންފެކްޝަން ޖެހިފައިވާ މަހުގެ މަސްގަނޑާއި، ސިކުނޑި އަދި ގޮހޮރުން މި ބަލީގެ ޢާލާމާތްތައް ކަމަށްވާ ހުދު ހުދުކުލައިގެ ސިސްޓްތައް ފެނެއެވެ.

މިކްސްއޮޒޯންސްގެ ސަބަބުން، ބައެއް މަސްތައް މަރުވެއެވެ. މަރުނުވެ ސަލާމަތްވާ މަސްތަކުން ކުރިން ދެންނެވުނު ފަދައިން، ކުދިކުދި ސިސްޓްތައް ފެނެއެވެ. އަދި މި މަސް މަރުވުމަށްފަހު، މަހުގެ މަސްގަނޑު މަޑުވެ، މަސްގަނޑު ފެނަށް ވާކަހަލަ އިހުސާސްއެއް މަސްގަނޑުގައި އަތްލުމުން ލިބެއެވެ. މިއީ، މަސް މި ބަލީގައި މަރުވުމަށްފަހު މަހަށް ވާ ގޮތެކެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ދާރުލް އާސާރުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިކްސްއޮޒޯން އިންފެކްޝަންގެ ސަބަބުން، އޮސްޓްރޭލިއާގެ މަސްވެރިންނަށް ވަނީ މީގެ ކުރިން ނުހަނު ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިއީ އޮސްޓްރޭލިއާގެ ކަނޑުތަކުގެ ދިރުންތަކަށް އޮތް ބިރެއް ކަމަށާއި، އޮސްޓްރޭލިއާގެ ބަޔޯ ސެކިޔުރިޓީއަށްވެސް އޮތް ނުރައްކަލެކެވެ.

މި އިންފެކްޝަންގެ ސަބަބުން އިންސާނުން މި މަސް ކައިގެން ނުރައްކަލެއް އޮތް ކަމަކަށް އެއްވެސް މަސްދަރެއްގައި ލިޔެފައި ނެތް ނަމަވެސް، މިއަދު ފެނުނު މަސް ބޭނި މަސްވެރިޔާވެސް ވަނީ އޭނާ އަށް ލިބިފައިވާ ކުޑަ މަޢުލޫމާތައް ރިޢާޔަތްކޮށް، މި މަސް އިންސާނުން ކެޔުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އަދި އޭނާ ވެސް މި މަހާއި މި ބަލިމަޑު ކަމާއި ބެހޭ ގޮތުން އަދިވެސް ދަސްކުރަން އޮތް އެއްޗެހި ބައިވަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.