ބަރު އަދި ބޮޑެތި ކުނި އުކާލެއްވުމަށް ވޭސްޓް މެނޭޖްމެންޓް ކޯރޕަރޭޝަން (ވެމްކޯ) އިން "ކެޕްސް" ގެ ނަމުގައިވަނީ ޚިދުމަތެއް ތަޢާރަފުކޮށްފަ އެވެ.
ގޭތެރެ ސާފުކޮށްލި ކަމުގައި ވީ ނަމަވެސް، އޮފީސް އަދި އެހެނިހެން ޢިމާރާތްތަކުގައި އުފެދޭ ބަރު، އަދި ބޮޑެތި ކުނި އުކާލެއްވުމަށް ވެމްކޯއިން ތަޢާރަފްކޮށްފައިވާ ކެޕްސްގެ ޚިދުމަތާއި އެކު، ގިނަ ބަޔަކަށް ލުއިތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަން ކަށަވަރެވެ.
މި ޚިދުމަތް ހޯއްދެވުމަށް ކަސްޓަމަރުން ޖެހޭނީ ކުރީބައިގައި ބުކިން ހައްދަވާށެވެ. އަދި ޚިދުމަތް ހޯއްދެވުމަށް 1666 ގުޅާލެއްވުމަށް ވެމްކޯއިން ވަނީ އެދިލައްވާފައެވެ.
ވެމްކޯއަކީ، 2009 ވަނަ އަހަރު ވުޖޫދަށް އައިސް މެދު ކެނޑުމަށްފަހު 2015 ވަނަ އަހަރު، ގްރޭޓަރ މާލެ ސަރަހައްދުގައި އުކާލެވޭ ކުންޏަކީ ރައްކާތެރިކަމާއި އެކު ނައްތާލެވޭ ކުނިކަމުގައި ހެދުމަށް ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.
2016 ވަނަ އަހަރު މި ކުންފުނީގެ މަސައްކަތްތަށް ފެށިގެން ދިޔައިރު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުފެދޭ ކުނި، ރައްކާތެރިކަމާއި އެކު ތިލަފުއްޓަށް ގެންގޮސް، ނައްތާލުމުގެ އެންމެހާ ކަންތައްތަށް ކުރިއަށް ގެންދަނީ ވެމްކޯގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!