ކޯވިޑް-19އަށް އަމާޒުކޮށްގެން ދެބޭހެއް ސިރީލަންކާގައި ތައްޔާރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އަޔުރްވެދިކް ހޮސްޕިޓަލްތަކާއި އެ ތަންތަނުގެ ތަރައްޤީއާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ސިސިރަ ޖަޔަކޯޑީ އެގައުމުގެ ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ކޯވިޑް-19 އަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ އަދި ބަލިޖެހިފައިވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕައުޑަރެއް އެގައުމުން ހަދާފައިވާކަމަށެވެ.

Ad
rt

މިނިސްޓަރ މި ދެބޭހާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވި ގޮތުގައި، މި ދެބޭސް ވެސް ތައްޔާރުކޮށްފައި ވާނީ، ލަންކާގައި ފެންނަން ހުރި 100% ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ. އަދި މި ދެބޭހަށް ދީފައިވާ ނަންތަކަކީ، "ސާދަންގަ ޕަނާޔާ" އަދި "ސުވަދަރާނީ" އެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ހުޅަނގަށް އަދިވެސް މި ބައްޔަށް ފަރުވާއެއް ހޯދިފައިނުވުން، އެފަދަ ކުރިއަރާފައިވާ ޤައުމުތައް މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ، ނަމަވެސް، ލަންކާގެ އަމިއްލަ ބޭސް އުފައްދާ މިނިސްޓްރީއިން މި ކަމަށް ކާމިޔާބު ހޯދައިފި

މި ބައްޔަށް ފަރުވާއެއް ހޯދުމުގެ ޤާބިލުކަން ލަންކާއަށް ލިބިފައިވާކަން ހާމަކުރަމުން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މި ދެބޭސްވެސް ލަންކާގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.