ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއިއެކު، އެ ދެ ސަރަހައްދުގައި ކާރފިއު އިޢުލާން ކޮށްފިއެވެ.

ދިވުލަޕިޓިޔާ އަދި މިންވަންގޮޑާ ސަރަހައްދުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުމާއިއެކު، މިއަދު ވަނީ އެ ސަރަހައްދުގައި ކަވިމުއްދަތެއްނެތްގޮތަށް ކާރފިއު އިޢުލާންކޮށްފައެވެ. މިކަން، ސްރީލަންކާގެ ސިފައިންގެ ކޮމާންޑަރ، ޝަވެންދްރާ ސިލްވާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

Ad
rt

ލަންކާގެ ނޫސްތަކަށް މަޢުލޫމާތުދެމުން އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ދިވުލަޕިޓިޔާގެ ފެކްޓްރީއަކުން އަންހެނަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ބަލީގެ އަލާމަތްތަށް ފެނުމުގެ ސަބަބުން، އެ އަންހެންމީހާ ވަނީ ގަމްޕަހާގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައެވެ. މި އަންހެން މީހާ ފައްސިވުމާއިއެކު، އޭނާ މަސައްކަތް ކުރާ ތަނުން 50 މީހަކު ވަނީ ގެއަށް ފޮނުވާލާފައެވެ.

މިއީ އޭޕްރިލް މަހުގެ ފަހުން ލަންކާގެ މުޖުތަމަޢުގެ ތެރެއިން ފެނުނު ފުރަތަމަ ކޭސްއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މި ފަހަރު ބަލި ފެތުރެން ފަށާފައިވަނީ އެ ޤައުމަށް އައި މީހެއްގެ ފަރާތުންނެވެ.

ލަންކާގެ ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ލަންކާގައި އިޢުލާންކޮށްފައިވާ ފުރަބަންދު އުވާލާފައެވެ. އެއީ ބަލި ޖެހިފައިވާ މީހަކު އެ ޤައުމުން ނުފެންނަތާ 2 މަސް ފަހުންނެވެ.

ލަންކާ ފާހަގަ ކުރެވިފައިވަނީ މިސަރަހައްދުގައި ކޯވިޑް19 އެންމެ ރަނގަޅަށް މެނޭޖްކުރި ގައުމުގެ ގޮތުގައެވެ. އެގައުމުން ޖުމްލަ ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ3396 އެކެވެ. މިބަލީގައި މަރުވެފައިވަނީ 13 މީހުންނެވެ.