2020 ވަނަ އަހަރަކީ މިހާތަނަށް ވޭތުވެދިޔަ ތިރީސް އަހަރުގެ ހިސާބު ކިތާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ފިނިގަދަ ހިސާބުގަނޑު ކަމަށްވާ، އެންޓާރޓިކާއަށް އެންމެ ހޫނުގަދަވި އަހަރަށް ވެއްޖެއެވެ.
މިކަން ސާބިތުވެފައިވަނީ، ޔުނިވާރސިޓީ އޮފް ސެންޑިއޭގޯއިން ޢާންމު ކުރި ތަފާސް ހިސާބުތަކަކުންނެވެ.
މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް އެންޓާރޓިކާގެ ފިނި ހޫނުމިން ހިފެހެއްޓިފައިވަނީ، 2 އަދި 3 ޑިގްރީއާއި ދެމެދުގެ މިންވަރަކަށެވެ. އަދި ސައިންސްވެރިން މި ޑޭޓާތައް ނަގާފައިވަނީ، އެންޓާރޓިކާގެ އެންމެ އުތުރު ބިތުންކަންވެސް ފާހަގަކޮށްލެވެއެވެ. މި ތަހުލީލުތައް ދެނެގަތުމުގައި އެންމެ އިސް ރޯލެއް އަދާ ކުރައްވާ ކްލައިމެޓޮލޮޖިސްޓް ރައޫލް ކޯރޑޭރޯ ވިދާޅުވާގޮތުގައި، މި ޢަދަދު ތަކަކީ، އެހެން އަހަރު ތަކާއި ޚިލާފަށް2 ޑިގްރީ ސެލްސިޔަސް މަތީ ޢަދަދުތަކެކެވެ. ރައޫލްގެ މި ދިރާސާ ޗިލިއަން އެންޓާރޓިކް އިންސްޓިޓިއުޓް އިންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"އެންޓާރޓިކާގެ އެންމެ އުތުރު ބިތުގައި ފިނިހޫނު މިން އެންމެ މަތީގައި މި އަހަރު އުޅެނީ، 0 ޑިގްރީއަށް ވުރެ މަތީގައި، މިއީ ވޭތުވެދިޔަ 31 އަހަރު ތެރޭގައި ނުދާހާ މަތީ މިންވަރެއް"
ކޯރޑޭރޯ އިތުރަށް ވިދާޅުވިއެވެ.
އޭނާ މިކަން ސިފަކުރައްވާގޮތުގައި، މިއީ ކަންބޮޑުވާޖެހޭ ވަރުގެ ބަދަލެކެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އިތުރަށް އުފުލުމަކީ އެއްވެސް ބަޔަކު ހައިރާންވާން ޖެހޭ ފަދަ ސަބަބެއް އޮތް ކަމެއް ވެސް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި 20 ވަނަ ޤަރުނު ނިމުމަކަށް އަންނަ އިރު، މި ސަރަހައްދުގެ ބޮޑު ބައެއް ހޫނުވުމުގެ ސަބަބުން އިތުރަށް ގިރޭނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ދެކުނު ބައްރުގެ ފިނިހޫނު މިނަށް ބަލާއިރު، މިދިޔަ އޮގަސްޓް އަދި ސެޕްޓެމްބަރ މަހުގެ ތެރޭގައި ވަނީ -16.8 ޑިގްރީއަށް ވެއްޓިފައެވެ. މިއީ 1970 ވަނަ އަހަރުން ފެށިގެން މި ސަރަހައްދުގެ ފިނިހޫނު މިން މިހާ ދަށްވި ފުރަތަމަ އަހަރެވެ.
އެންޓާރޓިކް ޕެނިސުއޭލާއަކީ އެންޓާރޓިކާގެ އެންމެ އުތުރު ސަރަހައްދުތަކެވެ. މި ސަރަހައްދު ތަކުގައި، ސައިންސްވެރިންގެ ބޭސްތައް ހަރަކާތްތެރިވަމުން އަންނަ އިރު، އޭގެ ތެރޭގައި، އާރޖެންޓީނާ، ޗިލީ، އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!