ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އޮންލައިން ފިހާރަ "އީ ސްޓޯރ" eSTOre އިން ވިޔަފާރި ކޮށްގެން އަގުބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ބުނެފައިވަނީ އީ ސްޓޯރ އިން ވިޔަފާރި ކޮށްގެން އަގުބޮޑެތި އިނާމުތަކެއް ކަސްޓަމަރުން ލިބޭ ޝޮޕް އެންޑް ވިން ޕްރޮމޯޝަން އެއް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މިފަދަ ޕްރޮމޯޝަންތަކުގައި މީގެކުރިންވެސް އަގުބޮޑެތި އިނާމުތައް ކަސްޓަމަރުންނަށް ދީފައިވާ އެސްޓީއޯ އިން މި ޕްރޮމޯޝަން އިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ހިޓާޗީ ބްރޭންޑުގެ 65 އިންޗީގެ ލެޑް ޓީވީ އަކާއި ހަމަ އެ ބްރޭންޑުގެ އައިސަލަމާރިއެއް ލިބޭނެއެވެ.

ދެވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް ހިޓާޗީ ބްރޭންޑުގެ ފްރަންޓު ލޯޑު ދޮންނަ މެޝިނަކާއި ފިލިޕްސް ބްރޭންޑުގެ ސައުންޑު ބާއެއް ލިބިގެން ދާނެއެވެ.

ތިންވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ފްލިޕްސް ބްރޭންޑުގެ ބްލެންޑާ އަކާއި ހަމަ އެ ބްރޭންޑުގެ ޓޯސްޓަރަކާއި ސޭންޑްވިޗު މޭކަރެއްގެ އިތުރުން ސެންފޯޑް ބްރޭންޑުގެ ރައިސް ކުކަރަކާއި 9000 ބީޓީޔޫ ހިޓާޗީ ބްރޭންޑުގެ އެއާ ކޮންޑިޝަނެއް ލިބިގެން ދާނެއެވެ.

އެ ޕްރޮމޯޝަން މި މަހުގެ 15ވަނަ ދުވަހު ފަށާފައިވާއިރު އެސްޓީއޯ އިން ބުނީ އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.