ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 58 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވިޓެއްގައި ބުނެފައިވަނީ ރޭ ފަތިހު 03:55 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 32ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 25 ދިވެއްސަކާއި 7 ބިދޭސީންނެވެ.
އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 9ވަނަ ދުވަހުއެވެ. މީނާއަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކެވެ. މީގެ އިތުރުން މިމަހުގެ ނުވަވަނަ ދުވަހު ހއ.ކެލާގައި ހޯމްކަރަންޓީންގައި ހުއްޓައި ހާލުދެރަވެގެން ކުޅުދުއްފުއްޓަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހާ، ނިޔާވީ ކޯވިޑް-19ގެ ސަބަބުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވަނީ ހާމަކޮށްފައެވެ. މިމީހާއަކީ އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް، ފަހު، ރާއްޖެއައިސް ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
Early morning at 03:55am, a 58-year-old Maldivian female admitted at HMF ICU has passed away.
This is the 32nd #COVID19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven
— Health Protection Agency (@HPA_MV) September 13, 2020
ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން މިވީ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 9052 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1960 އަށް އަރާފައިވާއިރު، 908 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!