މާލެ ސަރަހައްދާއި، އަތޮޅު ތެރޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރައްވައިފިއެވެ.

އެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާ ކުރެއްވީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާ އެއްގައެވެ.

Ad
rt

އަތޮޅުތެރޭގެ ރަށަކުން ގިނަ ކޭސްތަކެއް ފެނިފައިވާތީ، އެކަމާ ގުޅިގެން އެ ރަށުގައި އަޅަމުންގެންދާ ޚާއްޞަ ފިޔަވަޅުތަކާއި، އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ ދެވޭނެ ފަސޭހަ ގޮތްތަކެއް އަތޮޅުތަކުގައި ހަމަޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ޖަލްސާގައި ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ޖަލްސާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ފަތުރުވެރިންނަށް ފަސޭހައިން ރާއްޖެއަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.