ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއިބެހޭ ގަވާއިދަށް ހިޔާލު ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 2020/R-52 އާއި ގުޅޭ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު މެންބަރުން ޝިޕިންގ އެޖެންޓުންނާއި ފޯވަރޑިންގ އެޖެންޓުނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 2020 ސެޕްޓެމްބަރު 10 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަ ށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ޝިޕިން އެޖެންޓުންނާއި ފުރައިޓު ފޯވަރޑަރުން ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު އަދި ބައްދަލުވުމުގައި ބައިވެރިވާ ހައިސިއްޔަތު (ޝިޕިންގ އެޖެންޓެއްކަން ނުވަތަ ފޯވާޑިންގ އެޖެންޓެއްކަން) ފުރިހަމަކުރުމަށްފަހު 2020 ސެޕްޓެމްބަރު 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ އޮތޯރިޓިގެ އީމެއިލް maritime@transport.gov.mv އަށް ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
މި ސިލްސިލާ ބައްދަލުވުމުގެ ދަށުން އިމްޕޯޓަރުންނާއި ދާއިރާއާއި ގުޅުންހުރި ވިޔަފާރި ޖަމުޢިއްޔާތަކާއި އާގު ބޯޓުފަހަރުގެ ވެރިންނާއި އާގު ބޯޓުފަހަރު އޮޕަރޭޓު ކުރައްވާ ފަރާއްތަކާއި އަދި އާގުބޯޓުފަހަރު ޗާޓަރު ކުރައްވާ ފަރާތްތަކާއި ވަކިވަކިން ބައްދަލު ކުރުމަށް ނިންމާފައިވާކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!