ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީކުރުވަނީ

majlis-19-46-MP-Haitham

ރައްޔިތުންނަށް ބައިވެރިވެ ސުވާލުކުރެވޭގޮތަށް، ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުން އެދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް މަޖިލީހުގެ ރައީސަށް ސިޓީއަކުން ދަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، އަށް އެޑްރެސް ކުރައްވާ އަޙްމަދު ހައިތަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ދަނީ ގިނަ ޝަކުވާތަ ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންކަމަށެވެ.

އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުން ފާހަގަކުރައްވާ ޝަކުވާތަކަށް ބީއެމްއެލްއިން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބުދާރީވާތަނެއް ނުފެންނަކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމުގައި ދެކޭކަމުގައި ބުނެފައިވެ އެވެ.

އެހެންކަމުން ރައްޔިތުން ބައިވެރިވެ އެބޭފުޅުންނަށް ސުވާލުކުރެވޭ ގޮތަށް، ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުން އެދޭކަމަށް އެސިޓީގައި ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *