މި ސެޕްޓެމްބަރު މަހުގެ 10 ގައި ގައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާއަށް ކުރަން ހަމަޖެހިފައި އޮތް ޚާއްޞަ ދަތުރު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ ގިނަ އަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތިން ކަމަށް މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.

Ad
rt

މި ޚާއްޞަ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގެއްކަމަށް މޯލްޑިވިއަނުން ހަމަޖައްސާފައި ވަނީ 385 ޑޮލަރެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

މެލޭޝިއާއަށްދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

މޯލްޑިވިއަނުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ނާދެވިފައި ތިބި ގިނަ އަދަދެެއްގެ ދިވެހިން ރާއްޖެ ގެނެސްދީފައެވެ. އޭގެ ތެރެގައި، ލަންކާ، އިންޑިއާ، މެލޭޝިއާ، ތައިލެންޑް، ޔޫއޭއީ އަދި ބަންގްލަދޭޝް ހިމެނެއެވެ.