މިހާރު ކްރެޑިޓް ނެތި ގުޅާލިޔަސް މިސްކޯލެއް ދެވޭނެ، އެކަމަކު އުރީދޫ ނަންބަރުތަކުން

Ooredoo Miscal

ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިސްޑް ކޯލް ދެވޭ ހިދުމަތެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މި ހިދުމަތް ލިބިވަޑައިގަންނަވާނީ އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށްކަމަށެވެ. މިއާއި އެކު އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް ބެލެންސް ނެތް ވަގުތެއްގައި އާއިލާއާއި ރައްޓެހިންނާއި ދުރުގައި ވީނަމަވެސް މިސްޑް ކޯލް އެއް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށެވެ.

މި ހިދުމަތް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަންއެއް ނުވަތަ އެކްޓިވޭޝަންއެއް ވެސް ބޭނުމެއް ނުވާނެއެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުން އިތުރަށް ގުޅުވާލެވޭނެ ލުއިފަސޭހަ ގޮތްތައް ތައާރަފްކުރުމަށް ކަމަށެވެ.

އެގޮތުން އިއްޔެ ތައާރަފްކުރި މިސްޑް ކޯލްގެ ހިދުމަތާއެކު އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ގެންގުޅޭ ކަސްޓަމަރުންނަށް ފޯނުގައި ކްރެޑިޓް ބެލެންސް ނެތްކަމުގައިވިޔަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށް ގުޅާލިޔަސް އެފަރާތަކަށް މިސްޑް ކޯލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިދުމަތާއި އެކު، ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އެންމެ ބޭނުންވާ ވަގުތުތަކުގައި ގުޅާލުމުގައި އިތުރު ލުޔެއް އަނެއްކާވެސް ލިބިގެންދިއުން،"

ނަޖީބް ޚާން ވިދާޅުވިއެވެ.

އޫރިދޫއިން ބުނެފައިވަނީ މިގޮތައް ދުވާލެއްގެ މައްޗަށް ދެވޭނީ 10 މިސްކޯލްކަމަށެވެ. މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު http://ore.do/missedcall އިން ލިބޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި