ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އަށް އަލަށް ވަންނަ ފަރާތްތަކަށް "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ގެ ނަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އޮންލައިން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްސީ އިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމް ފުރިހަމަ ކުރާ ނޫސްވެރިންނަށް އެ ކައުންސިލުގެ ފަރާތުން ހާއްސަ ސެޓްފިކެޓެއް ލިބިގެން ދާނެ ކަމަށެވެ. އެ ޕްރޮގްރާމަކީ އެއް ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެމްސީން ބުނެފައިވެ އެވެ.
އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށްވެސް އެމްއެމްސީން ބުނެއެވެ. އެމްއެމްސީން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން މި މަހުގެ 10ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކައުންސިލަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!