ހަ މީހުންނާއިއެކު ދަތުރު ކުރި ޑިންގީއެއް ވ އަތޮޅު ކުނާވަށި ކައިރި ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހަ މީހުންނާއިއެކު ދަތުރު ކުރި ޑިންގީއެއް ވ އަތޮޅު ކުނާވަށި ކައިރި ފަރަށް އަރައިފި ކަމަށެވެ.
މިހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ މާލޭ އޭރިއާ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 20:10 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޑިންގީގައި ތިބި ހަ މީހުން ޕޮލިސް ލޯންޗަށް ނަގާފައިވާ ކަމަށާއި، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިރޭ ހިނގި އެހެން ހާދިސާއެއްގައި އެމްއެންޑީއެފުން ވަނީ މ. މެދުފުށި ކައިރީ ފަޅުތެރެއަށް ޑިންގީއެއްގައި ސްނޯކްލިންއަށް ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދާފައިއެވެ.
އެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު ސްނޯކްލިން އަށް ދިޔަ ޑިންގީއެއްގައި މެދުފުށި ކައިރީ ފަޅުތެރެއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދަނިކޮށް އެމީހާ ކައިރީ އޮތް ފަރުމަތީގައި ސަލާމަތުން ހުއްޓާ ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފް ވަނީ އެމީހާ ލޯންޗަށް ނަގައިގެން މ. މުލި އަށް ގެންގޮސް ދީފައެވެ. އެމްއެންޑީއެފްގެ ލޯންޗަށް އެމީހާ ފެނިފައިވަނީ މިރޭ 8:50 ހާއިރުއެވެ. އެ ޑިންގީން އިތުރު ދެ ދިވެއްސަކު ދަތުރުކުރިއިރު މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!