ނޯ ޕްލާސްޓިމް މޯލްޑިވްސްއާއި ވީ.އޭ.އެމް.ކޯ ގުޅިގެން "ކާކު ނޫނެކޭ ބުނާނީ"ގެ ނަމުގައި ޕްލާސްޓިކްއާއި ދެކޮޅު ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.
1 މަސްދުވަހަށް ދިގުދެމިގެންދާ މިކެންޕެއިންގައި އެއްވަނައަށް އަންނަ ފަރާތަކަށް ވީ.އޭ.އެމް.ކޯއިން ވަނީ ބޯފެން ފިލްޓަރ ކުރެވޭ ސިސްޓަމެއް ހުށައަޅާފައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައެވެ.
މި ކެންޕެއިންގައި ބައިވެރިވެލެއްވުމަށް:
1. "ނޯ ޕްލާސްޓިކް މޯލްޑިވްސް" ޕޭޖްއަށް ލައިކް ކުރާށެވެ.
-
- ތިމާވެއްޓާއި ރައްޓެހިކޮށް ތިމާ ކުރަމުން އަންނަ ކަމެއްގެ ނުވަތަ ކަންތައްތަކެއްގެ ޕޮޓޯ ނުވަތަ ވީޑިއޯ އެއް ހިއްސާކޮއްލައްވާ! ހިއްސާ ކުރުމަށް "ނޯ ޕްލާސްޓިކް މޯލްޑިވްސް" އަށް މެސެޖް ކުރައްވާ!
- އިނާމު ލިބޭނީ މި ޕޭޖް "ނޯ ޕްލާސްޓިކް މޯލްޑިވްސް" ގައި ފޯސްޓްކުރެވޭ ޕޮޓޯ/ވީޑިއޯގެ ތެރެއިން އެންމެ ގިނަ ލައިކްސް އަދި ޝެއަރ ލިބޭ ފަރާތަކަށެވެ.
- މި ކެންޕެއިން ކުރިއަށްދާނީ 1 ސެޕްޓެންބަރ އިން 30 ސެޕްޓެންބަރ ގެ ނިޔަލަށެވެ.
"ކާކު ނޫނެކޭ ބުނާނީ" ކެމްޕެއިންގެ މައިގަނޑުމަގްސަދަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއްފަހަރު ބޭނުންކޮއްފައި އުކާލާ ޕްލާސްޓިކްއާއި ދުރުގޮތެއް އިހުތިޔާރުކުރުމުގެ އާދަ އަށަގެންނެވުމާއި އަދި ޕްލާސްޓިއާއި ނުލާވެސް ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރެންއޮންނަކަން އަންގައިދިނުންކަމަށާއި ކުރިއަށްވެސް މީގެ އެތަކެއް ކެމްޕެއިންތަށް ވަނީ ރޭވިފައިކަމަށް ނޯ ޕްލާސްޓިކް މޯލްޑިވްސް އެން.ޖީ.އޯގެ ފައުންޑަރ, އަހުމަދު ނޫމާން މަޢުލޫމާތު ދެމުން ބުނެފައިވެ އެވެ.
އަދި މިހާރުގެ ހާލަތު ތަންދޭ މިންވަރަކުން އަޅުގަނޑުމެން މި ކެންޕެއިންތައް ކުރިއަށް ހުރި މަސްތަކުގައި އިފްތިތާހު ކުރަމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޟަންގެ ޕާރޓްނާރ ވީ.އޭ.އެމް.ކޯ އަޅުގަނޑުމެންނާއި ގުޅުމަކީ މި ކަމަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއްކަމުގައި ދެކެމެވެ. ވީ.އޭ.އެމް.ކޯއަކީ މިހާރުގެވެސް ރާއްޖޭގައި ޕްލާސްޓިކްއަށް ނޫނެކޭ ބުނުމުގެގޮތުން އެކި ބާވަތުގެ ފެން ފިލްޓަރ ކުރާ ޕްލާންޓް ވިޔަފާރި ކުރަމުންގެންދާ ފަރާތެކެވެ.
ނޯ ޕްލާސްޓިކް މޯލްޑިވްސް އެން.ޖީ.އޯގެ ފައުންޑަރ, އަހުމަދު ނޫމާން މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާގެ ޔުނިވަސިޓީއަކުން ކުރި ދިރާސާއެއްގެ ރިޕޯޓްގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ މަތީ ލެވެލްގެ މައިކްރޯ ޕްލާސްޓިކް ތަޣައްޔަރުކަން ދިވެހިރާއްޖޭގައި ރެކޯޑްކުރެވިފައިވާކަމަށެވެ.
ނައިފަރު ކައިރިން މައިކްރޯޕްލާސްޓިކްސް ފެނުނީ ދުނިޔޭގައި ވެސް އެންމެ މަތީ ދަރަޖަތަކުގެ ތެރެއިން އަދަދަކަށް ކަމަށް. ފ. އަތޮޅުގައި ވެސް މައިކްރޯޕްލާސްޓިކްސްގެ ތަޣައްޔަރުކަން ބޮޑުކަން މީގެ ކުރިން އެނގިފައިވޭ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!