ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އިބްރާހީމް ޝަހީބު އައްޔަނުކުރުމަށް ރުހުން ދީފިއެވެ.

ޝަހީބަށް ރުހުން ދީފައިވަނީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. މި ޖަލްސާ ކުރިއަށް ގެންދަނީ އޯގަސްޓް 31 ވަނަ ދުވަހު ފެށި މަޖިލިސް ޖަލްސާގެ ބައެއްގެ ގޮތުގައިއެވެ.

Ad
rt

މިމައްސަލަ ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު މިހާރުވެސް ފުރުއްވަމުންގެންދަވާ އިބްރާހީމް ޝަހީބަކީ އެމިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އޭނާއަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 ވޯޓުންނެވެ.

ޝަހީބު ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް ގެ މަޤާމުގައެވެ. ޝަހީބު އެ މަޤާމަށް އައްޔަނު ކުރުމަށް ރުހުން ހޯދަން މަޖިލިސްއަށް ހުށަހަޅާފައި ވަނީ ކުރިން އެ މަޤާމްގައި ހުންނެވި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް އައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.

1991 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި ހިދުމަަތް ކުރަމުންދާ ޝަހީބަކީ ކެރިއާ ޑިޕްލޮމެޓެކެވެ.