އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަން، މުޅި ރާއްޖޭގައި މިއަދު ވަނީ ފަށާފައެވެ.
މިއަދު ހެނދުނު މުޅިރާއްޖޭގައި ފެށި މި ދުވުމަކީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންއެވެ. 5517 ދުވުންތެރިންނާއިއެކު މިއަދު ފެށި މި ދުވުން ރާއްޖޭގެ 200 އަށް ވުރެން ގިނަ ރަށަކުންނާއި، ބޭރުގެ ކަންކޮޅުތަކުގައި ތިބި ދިވެހިން ވެސް ވަނީ ދުވަމަށް ރަޖިސްޓްރީ ވެފަ އެވެ.
މި ދުވުމުގެ އެންމެ ހާއްސަ ބަޔަކީ މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ދުވުމުގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ ހާއްސަ ދުވުންތެރިއެކެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުން މި ރިލޭގެ ފުރަތަމަ ބައިވެރިޔާ މުޙައްމަދު އަތީފް، މިއަދު ހަވީރު 16:00 ގައި އޭނާގެ ދުވުން ފަށާފައިވާއިރު އޭނާއަށް ހަވާލުކޮށްފައިވާ ރާސްތާ ނިންމާލުމާ އެކު ޖެހިގެން އޮތް އަތޮޅުގައި ހުންނަ ދުވުންތެރިޔާ ދުވަން ފަށާގޮތަށް ހަމަޖެހިފައި އޮތް މިބައިގައި މިހާރު އަންނަނީ ފަހަރަކު އަަތޮޅަކުން އެ އަތޮޅެއްގައި ކަނޑައެޅިފައިވާ ދުވުންތެރިޔާ، އޭނާގެ ބައި ފުރިހަމަ ކުރަމުންނެވެ.
20 އަތޮޅުގެ ދުވުންތެރިންނާ އެކު 15 ކިލޯމީޓަރު ހަމަކުރާ މިބައިގައި ހުރިހާ އަތޮޅެއްގެ ރީތިކަން ވެސް ދައްކުވައިދޭ ހާއްސަ ސޯޝަލް މީޑިއާ ކަވަރޭޖެއް އުރީދުން ދަނީ ގެނެސް ދެމުންނެވެ.
މި ދުވުމުގައި އުތުރުގެ އެތައް ރަށަކުން ވެސް ބައިވެރި ވެފައިވާއިރު، މި ދުވުމުގެ އެންމެ ޚާއްޞަ ބައިގައި ހިމެނޭ 15 ކިލޯ މިޓަރު ރިލޭގައި ދުވި އުތުރުގެ ބައެއް ބައިވެރިން ހިމަނާލާނަމެވެ.
ނަޝާ ނިޒާރު، ކުޅުދުއްފުށީ ސިޓީ
ޝައުކަތު ޝަމް، ށ. ފުނަދޫ
Next up in #OoredooAtholhuDhuvun, we have Shaukath Sham from Sh. Funadhoo! Yay! #NationwideVirtualRelay #DhivehinnaaiEku15Aharu pic.twitter.com/94sR3bcBiE
— Ooredoo Maldives (@OoredooMaldives) August 28, 2020
ޝަރީފާ ހަސަން، ނ. ވެލިދޫ
Our virtual baton has now reached the beautiful Noonu Atoll! Running in N. Velidhoo we have Runner Shareefa Hassan completing 0.5km of the 15km virtual Relay. #OoredooAtholhuDhuvun #NationwideVirtualRelay #DhivehinnaaiEku15Aharu pic.twitter.com/67yc37qZ5J
— Ooredoo Maldives (@OoredooMaldives) August 28, 2020
ހޫރުޝީދާ އަބުދުލްޤާދިރު، ރ. އުނގޫފާރު
Shout out to Hoorushydha Abdul Gadhir continuing the relay in R. Ungoofaaru, representing Raa Atoll! #OoredooAtholhuDhuvun #NationwideVirtualRun #DhivehinnaaiEku15Aharu pic.twitter.com/CkzqJ21ZXJ
— Ooredoo Maldives (@OoredooMaldives) August 28, 2020
ޢަލީ އިމާދު، ބ. އޭދަފުށި
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދާ މި ދުވުން މާދަމާ ވެސް ކުރިއަށް ދާނެއެވެ. މި ދުވުމުގެ ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް އިއްޔެއާ ހަމައަށް ރަޖިސްޓްރޭޝަން ހުޅުވާލާފައި އޮތް އިރު 5517 މީހަކު ވަނީ މި ދުވުމަށް ރަޖިސްޓްރީކޮށްފަ އެވެ.
އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ވާޗުއަލް މެޑަލް ދޭން ވަނީ ފަށައިފަ އެވެ.
މިދުވުން ވެގެން ގޮސްފައިވަނީ ކޯވިޑްގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަމަށް ތާޒާކަން ގެނުވި، ދުޅަހެޔޮ ކަމުގެ ފަރުވާއަކަށެވެ. މި ދުވުން މެދުވެރިކޮށް ރާއްޖޭގެ އެތައް ރަށަކުން ދަނީ އެ ރަށްތައް ދައްކާލައި، ދުވުންތެރިންނާއި، ރައްޔިތުންގެ ހިތް އުފާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!