ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 4 ޕީސީއާރް މެޝިން އައިޖީއެމްއެޗު ހޮސްޕިޓަލްގައި އިންސްޓޯލު ކޮށްފިއެވެ. މީގެ ތެރެއިން 2 މެޝިނަކީ އެކުންފުނީގެ ފަރާތުން އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްފައިވާ ދެ މެޝިނެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން އިއްޔެ 4 ޕީސީއާރް މެޝިން، ރާއްޖެގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އިންސްޓޯލް ކޮށްފައިވާ ކަމަށެވެ.
އެކުންފުނިން އައިޖީއެމްއެޗްގައި އިއްޔެ އިންސްޓޯލްކުރި ހަތަރު މެޝިން ތެރެއިން 2 މެޝިނަކީ އެކުންފުނީގެ ފަރާތުން ހަދިޔާ ކޮށްފައިވާ މެޝިން ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެ މެޝިން ތަކުގެ ސަބަބުން ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ ގާބިލުކަން އިތުރުވެ ކޯވިޑުގެ ސަބަބުން ކުރަމުންދާ އަސަރުތައް ކުޑަވެގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
STO installed 4 PCR machines at @igmhmv today. We are pleased to donate 2 of the 4 PCR machines installed. These machines will increase covid-19 testing capacity and ensure that the impact of covid-19 is reduced. #StaySafe@StoMedical pic.twitter.com/pgLDO8r7qn
— STO (@stoplc) August 25, 2020
ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީތަކަށް ފޮނުވާފައިވާ މެޑިކަލް އިކުއިޕްމަންޓްތައް ވެސް އެސްޓީއޯއިން ވަނީ މިމަހު ކުރީކޮޅު އިންސްޓޯލްކޮށް ނިންމާފައިއެވެ.
މިމަޝްރޫޢުގެ ދަށުން އެ ކުންފުނިން ވަނީ ހއ. އިހަވަންދޫއާއި، ށ. ފުނަދޫއާއި، ބ. އޭދަފުއްޓާއި، ލ. ގަމާއި، ގއ. އަތޮޅާއި، ފުވައްމުލަކާއި، އައްޑޫސިޓީގައި އިކުއިޕްމަންޓް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!