ވެކްސިނަކާއި ނުލާ މިބަލި ނައްތާލުމަކީ ނާދިރުކަމެއްކަމަށް ޑރ އަޙަމްދު ފައިސަލް ވިދާޅުވެއްޖެއެވެ.
ދެވަނަ ފަހަރަށް މީހަކަށް ކޯވިޑް-19 ޖެހުނުކަން ކަށަވަރުވެފައިވާކަމަށް ހޮންކޮންގް ޔުނިވާސިޓިގެ ޑިޕާޓްމެންޓް އޮފް މައިކްރޯބަޔޮލޮޖީގެ ދިރާސާ ކުރާ ސައިންސްވެރިން މިއަދު ނެރެފައިވާ ލިއުމެއް ހިއްސާ ކުރައްވަމުން ޑރ ފައިސަލް ބުނެފައިވަނީ މިއީ 4 މަހާ ބައި ވީފަހުން ދެވަނަ ފަހަރަށް ކޯވިޑު ޖެހުނުކަމަށް ޔަގީންކަމާއެކު ދެއްކުނު ފުރަތަމަ ބަލިމީހާގެ ވާހަކަކަމަށާއި ދެވަނަފަހަރު އަލާމާތެއްނެތް ކަމަށެވެ.
މާނައަކީ ވެކްސިނަކާ ނުލާ މި ބަލި ނައްތާލުމަކީ ނާދިރުކަމެކޭ
ޑރ ފައިސަލް ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ހޮންކޮންގް ޔުނިވާސިޓިގެ ޑިޕާޓްމެންޓް އޮފް މައިކްރޯބަޔޮލޮޖީގެ ދިރާސާގައި ބުނެފައިވަނީ ހޮންކޮންގަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނަކު ދެފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެފައިވާކަމަށާއި އެ މީހާ ދެ މަހެއްގައި ދެ ފަހަރަށް ޕޮޒިޓިވްވެފައިވަނީ ދެ ވައްތަރެއްގެ ކޯވިޑް-19 އަށް ކަމަށްވެސް ބުނެފައި ވެއެވެ.
ސައިންސްވެރިން ބުނެފައިވަނީ އެންމެ މީހެއްގެ ފަރާތުން މިފަދަ ކަމެއް ފެނުނަސް ވައިރަސް ދެވަނަ ފަހަރަށް ޖެހޭ ކަމުގެ ނިންމުމަކަށް ދާކަށް ނޭނގޭ ކަމަށާއި މީގެ ކުރިންވެސް މިފަދަ ގޮތަކަށް ބަޔަކަށް ބަލި ޖެހިފައިވާތީ ސައިންސްވެރިން ބުނެފައިވަނީ ފުރަތަމަ ބަލި ޖެހި ރަނގަޅުވި ނަމަވެސް މަސް ދުވަސްފަހުންވެސް ދެވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށާއި ނަމަވެސް އެއީ އަލުން ބަލި ޖެހުނީ ކަމަށް ބުނަން އަދި ދަތި ކަމަށެވެ.
އެމެރިކާގެ ސީޑީސީން މިހާރު ނިންމާފައި ވަނީ ކޯވިޑް-19 ޖެހޭ މީހަކަށް ތިން މަސް ދުވަސް ތެރޭގައި އަލުން ބަލި ނުޖެހޭ ކަމަށެވެ.
4މަހާ ބައި ވީފަހުން ދެވަނަފަހަރަށް ކޮވިޑު ޖެހުނުކަމަށް ޔަގީންކަމާއެކު ދެއްކުނު ފުރަތަމަ ބަލިމީހާގެ ވާހަކަ
ދެވަނަފަހަރު އަލާމާތެއްނެތް
މާނައަކީ ވެކްސިނަކާ ނުލާ މި ބަލި ނައްތާލުމަކީ ނާދިރުކަމެކޭ pic.twitter.com/6oiOIUXAwH— Ahmed Faisal (@Faisalnaifaru) August 24, 2020
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭވަނީ އިޢުލާން ކޮށްފައެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރު ކުރެވިފައި ނުވާތީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާ ކަންކަން ހާމަ ކުރަށްވާ ކަމަށެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް، އެޗްޕީއޭއިން ހާމަކޮށްފައިވާ އިސްތިސްނާތައް ހިނގާނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!