އިތުރު ފުރަބަންދަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޮކްޑައުން އަކަށް ދާކަށް ބޭނުމެއް ނޫން ކަމަށެވެ.
އިތުރު ފުރަބަންދަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް އެންމެން ގުޅިގެން ހޯދަން ޖެހޭ ކަމަށާއި، ފުރަބަންދު ވުމަކީ ލިބޭ ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ ފުރަތަމަ ފުރަބަންދުގެ ގެއްލުންވެސް އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން ގެއްލުން ކުޑަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާ ލަށްވާފައެވެ.
"ލޮކްޑައުން އަކަށް ދާކަށް ބޭނުމެއް ނޫން، އިތުރު ފުރަބަންދަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް އެންމެން ގުޅިގެން ހޯދަން އެބަޖެހޭ، ފުރަބަންދު ވުމަކީ ލިބޭ ފޫނުބެދޭ ވަރުގެ ގެއްލުމެއް، ފުރަތަމަ ފުރަބަންދުގެ ގެއްލުންވެސް އިންތިހާއަށް ބޮޑު، ގެއްލުން ކުޑަކުރުމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަމާ،"
=މުޙައްމަދު ނިހާދު، ފޭދޫ ދާއިރާގެ މެމްބަރު=
Lockdown akah dhaakah beynumeh noon! Ithuru furabadhakah nugoss Vaane Hurihai Gotheh enmen gulhigen Hoadhan Eba Jehey! Furabandhu vumakee libeyne foo nubehdhey varuge gehlumeh! Furathama furabandhuge gehlun ves inthihaa ah Bodu! Gehlun Kuda Kuran Enmen ekugai Masakkaih kuramaa!!! https://t.co/Oea4TOtEde
— Feydhoo Meehaa (Mohamed Nihad) (@nihad_m) August 23, 2020
އަލުން ލޮކްޑައުން އަކަށް ދާންޖެހޭ ވަރަށް ރާއްޖޭގައި ކޯވިޑް19 ގެ ހާލަތު ގޯސްވެފައިވާ ކަމަށް އެޕިޑޮމިލޮޖިސްޓް ޑރ. ޝީނާ މޫސާ ވަނީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. ޑރ. ޝީނާ މިއަދު ވިދާޅުވީ މަރުހަލާތަކަކަށް ބަހާލައިގެން ލޮކްޑައުން އަށް ލުއި ދިން އިރުވެސް، ކޭސްތައް އިތުރުވާނެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެނގޭ ކަމަށެވެ.
އެހެން ނަމަވެސް ގައިޑްލައިންތަކެއް ހަދައި، ލޮކްޑައުން އަށް ލުއި ދިނީ، އާންމުން އެ ފިޔަވަޅުތަކަށް ބޯލަނބާނެކަމުގެ އުންމީދާ އެކުގައި ކަމަށް ޑރ. ސީނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވަނީ ކުރިމަތިވެފައި އޮތީ އުނދަގޫ ހާލަތެއް ކަމަށް ވިދާޅުވެ، މި ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ހުރިހާ ބޭފުޅުންގެވެސް އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ނަޒްލާ ވަނީ މާލެ ސަރަހައްދުން ކޯވީޑް ބަލިމީހުންނަށް ޚިދުމަތްދޭ ހޮސްޕިޓަލުތަކުގެ 62 ޕަސެންޓު އެނދުތައް ފުރިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!