ނ. މާޅެންދޫ ބޭރުން ބޭރުގެ މަސް ބޯޓެއް ފެނިގެން ޤައުމީ ދިފާޢީބާރު (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާޅެންދޫ ބޭރުން ބޭރުގެ މަސް ބޯޓެއް ފެނިގެން އެކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެކަމުގެ މައުލޫމާތު ދީފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ "ނާޒް" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަން ތިބި މަސްވެރިންތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ވަނީ މަސްވެރިންގެ ފަރާތުން ލިބޭ މިފަދަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!