މަސް ކިރާފައި ބިލުތަކަށް ފައިސާ ނުލިބޭތީ ކޫއްޑޫގައި ބައެއް މަސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ މަސް ކިރުވާފައި ލިބެންޖެހޭ ފައިސާ ނުލިބި މަހެއްހާ ދުވަސް ވެފައިވުމުންނެވެ.
މިހާރުވެސް ފައިސާ ނުލިބި 12 ބިލު އެބަ އޮތް، އެއީ މިލިޔަނެއްހާ ރުފިޔާ، ތިން މަސް ކޮށްފަ މަސްވެރިކަމަށް މި ނިކުމެވުނީ، މިހާރު މަހެއްވީ ފައިސާ ނުލިބި، ދަރީންނާ އަނބިން އެތިބީ ނުކައި”
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި، އިހުތިޖާޖުގައި ބައިވެރިވި މަސްވެރިއަކު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!