އަތޮޅުތަކުގެ 10 ރަށެއްގައި ރަށު ބަނދަރުން އެ ރަށް ރަށުގެ ފެނަކަ އިންޖީނުގޭގެ ތެޔޮ ތާންގިތަކަށް ތެޔޮ އަޅައި ދޭނެ ބަޔަކު ހޯދަން ސަރުކާރު ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އިއުލާނު ކޮށްފި އެވެ.
އެފްއެސްއެމް އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ފެނަކަ އިންޖީނުގެތަކަށް ޑީސަލް ޑެލިވަރީ ކޮށްދޭނެ ފަރާތްތައް ބޭނުންވާ ރަށްތަކީ ހއ. މާރަންދޫ އާއި ތ. ވިލުފުއްޓާއި އެ އަތޮޅު މަޑިފުއްޓާއި ތިމަރަފުއްޓާއި ށ. ކަނޑިތީމާއި އެ އަތޮޅު މިލަންދޫ އާއި ނ. މާފަރާއި ލ. ފޮނަދޫ އާއި ފ. ބިލެއްދޫ އާއި ލ. އަތޮޅު ގަމުގެ މަތިމަރަދޫ އަވަށާއި މުކުރިމަގާއި ތުނޑީ އަވަށުގެ އިންޖީނުގެތައް ކަމަށެވެ.
ތެޔޮ ކުންފުނީގެ އިއުލާނުގައިވާ ގޮތުން މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
އެފްއެސްއެމްން ބުނީ ތެޔޮ އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލާފައިވާ ކަމަށާއި އަންނަ އަންގާރަ ދުވަހު ރަޖިސްޓްރީވުމަށް ފަހު ބީލަން ހުށަހެޅުން އޮންނަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުހު ކަމަށެވެ. މި ބީލަމުހައި ބިޑް ހުށަހެޅުން އޮންނާނީ އީމެއިލް މެދުވެެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!