ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި، ލޯންޗު ބަންޑުން ޖަހާލައިފިއެވެ.
ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި މި ނުރައްކާތެރި އެކްސިޑެންޓެންޓް ހިނގާފައިވަނީ ފުށި ކައިރިންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެ ސަރަހައްދުގައި ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފްއިން ބުނީ ހެނދުނު 6:50ހާއިރު ހިނގި މި ހާދިސާގައި، ލޯންޗު ބަންޑުން ޖަހާލާފައިވާއިރު ލޯންޗުގައި ހުރި މީހެއްގެ ބޮލަށާއި ކޮނޑުހުޅަށް އަނިޔާވެފައިވާކަމަށެވެ. އެމީހާ މިހާރު މާފުށީ ލޯންޗެއްގައި ވަނީ މާލެ ގެނެވިފައިކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި އެ ލޯންޗަކީ މަސްވެރިކަމުގައި އުޅުނު ލޯންޗެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ލޯންޗަކީ "އަލީ ޝާޙް" ނަމަކަށް ކިޔާ 22 ފޫޓުގެ ލޯންޗެއްކަމަށާއި ސަޕްލައި ދޯނީގެ ނަމަކީ "އިރު" ކަމަށެވެ. މިއެކްސިޑެންޓް ހިނގި ވަގުތު ދޯނީގައި 7 މީހުން ތިބިކަމަށާއި ލޯންޗުގައި ތިބީ 5 މީހުން ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!