ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިދިޔަ ހޯމަ ދުވަހު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެމްއޭސީއެލްގެ މުވައްޒަފަށް އައިސުޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ، އެމްއޭސީއެލްގައި ވަޒީފާއަދާކުރަމުން ދިޔަ އެކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދެވެ.

Ad
rt

އޭނާ ނިޔާވެފައިވާކަން ހާމަކުރަމުން އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައިބުނެފައި ވަނީ އޭނާއަކީ، 26 އަހަރުގެ ދިގު މުއްދަތެއްގައި އެކުންފުންޏަށް އިހްލާސްތެރިކަމާއި އެކު ޚިދުމަތްކޮށްފައިވާ މުވައްޒަފެއް ކަމަށެވެ. އެމްއޭސީއެލުން ވަނީ އިސްމާއިލް ރަޝީދު ނިޔާވުމުގެ ހިތާމައިގައި އެއާއިލާއަށް ތައުޒިޔާވެސް ފޮނުވާފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް އޭނާއަށް ފަރުވާދެމުން އައީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، މި އޮގަސްޓް މަހުގެ 10 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރުގައެވެ. އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަނުގައި ރޯވި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައެވެ.

އިސްމާއިލް ރަޝީދުގެ ޖަނާޒާ އޮންނާނީ މިއަދު ހަވީރު 5.30 ގައި އާސަހަރާގަ އެވެ.