ހދ. މަކުނުދޫގައި މިވަގުތު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ހިއްސާ ކުރައްވައިފިއެވެ.
މިވަގުތު ކުރިއަށްދާކަންކަމާއި ކުރިއަށް ރޭވިފައިހުރިކަންކަމަށް އަލިއަޅުވާލައްވާ މީސްމީޑިޔާގައި ރާޢީ ކުރެއްވި ޕޯސްޓެއްގައި ވަނީ 7 ޕްރޮޖެކްޓްއެއް ފާހަގަ ކުރައްވާފައެވެ.
އެގޮތުން އޯޕިޑް ފަންޑުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ދެވަނަ ކަމަކަށް ފެނަކަ އައުއިމާރާތް އަޅަން އިއުލާން ކޮށްފައިވާކަމަށާއި އެކަމަކީ މަކުންދޫ ކައުންސިލްއާއި މަކުނުދޫ ފެނަކަ ބުރާންޗުގެ ބެލުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މަކުނުދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯ ވޯޓުގެ އައު ޖެނަރޭޓައެއް ގެންދެވިފައިވާނެކަމަށް ބުނެފައިވެއެވެ.
ހެލްތުސެންޓަރ އެކްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްވަނީ ހެލްތުމިނިސްޓްރީއިން މަކުނުދޫ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދުމަށް ކައުންސިލްއާއި ހަވާލު ކުރެވިފައިކަމަށާއި މައުލޫމަތު ލިބިފައިވާ ގޮތުން މަސައްކަތް ކުރިއަށް ކުރިއަށް ދިއުމުގައި ލަސްވެފައިވަނީ ކޯވިޑް19 ގެ ކުރިން ކައުންސިލް އިން ޕްރޮޖެކްޓް އިޢުލާން ނުކުރެވިގެންކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިވަގުތު އެ ޕްރޮޖެކްޓް ވަނީ ހުއްޓިފައިކަމަށް ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މަކުނުދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޭޓީއެމްގެ މަސައްކަތް ޓެންޑަރިން ނިމި ޕްރޮޕް ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިކަމަށާއި މިއަހަރު ތެރޭގައި މަސައްކަތް ނިންމާގޮތައް ހަވާލު ކުރެވިފައިވާ މަސައްކަތެއްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ރާޢީ ވިދާޅުވެފައިވެއެވެ. މިމަސައްކަތް ކުރަމުންދަނީ ކައުންސިލްއާއި ޕްރޮޕް ކޮންސްޓްރަކްޝަންއާއި ގުޅިގެންނެވެ.
އާރއޯ ޕްލާންޓްގެ މަސައްކަތް ނިމި އޮޕަރޭޝަންއަށް ގެނައުމަށް މަކުނުދޫ ފެނަކަ ބްރާންޗްއާއި ހަވާލު ކުރެވިފައިވާކަމަށާއި މަކުނުދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތަކީވެސް މިއަހަރުތެރޭގައި ނިންމާގޮތައް ހަމަޖެހިފައިވާ ޕްރޮޖެކްޓްއެއްކަމަށް ރާޢީވަނީ ވިދާޅުވެފައެވެ. މިމަސައްކަތްކުރިއަށް ދަނީ ޔޫތްމިނިސްޓްރީގެ ބެލުމުގެ ދަށުން ކައުންސިލްއާއިއެކު ކަމަށާއި މިކަމުގައިގައި ޔޫތްމިނިސްޓަރ އަޙްމަދު މަޙްލޫފް އާއި ވާހަކަ ދެކެވިފައިވާކަމަށް ބުނެފައިވެއެވެ.
މިކަންކަމުގައި މަކުނުދޫގެ އެންމެހައި ލޮބުވެތި ރައްޔިތުނާއި، އަދި މަކުނުދޫ ކައުންސިލުން ދެވާ ފުރިހަމަ އެބާރުލުމަށް ވަރަށް އިހުލާސްތެރި ކަމާއި އެކު ޝުކުރު އަދާ ކުރައްވާކަމުގައި ރާޢީވަނީ ފާހަގަކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަކުނުދޫ ބޮޑު މިސްކިތުގައި ރާޢީވަނީ ކާޕެޓް އެޅުމުގެ މަސައްކަތް ދައުރުގެ ވަރަށް ކުރީކޮޅު ނިންމަވާދެއްވާފައެވެ. މަކުނުދޫގެ އިތުރުން މަކުނުދޫ ދާއިރާގައި ދެން ހިމެނޭ ނޭކުރެންދޫ އަދި ކުމުންދޫގައިވެސް ދަނީ ތަފާތު އެކި މަސައްކަތްތައް ކުރިއަށް ދަމުންނެވެ. ރާޢީ އަންނަނީ މިމަސައްކަތްތަކުގެ ތަފްސީލް ދޭތެރެދޭތެރެއިން ހިއްސާ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!