ކޯވިޑް ޖެހިގެން 67 އަހަރުގެ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 12:12 ހާއިރު ނިޔާވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރެސްޕޮންސް (އީއާރު) ފަރުވާ ދެމުންދަނިކޮށެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެނެވުނީ އިއްޔެގެ ވަގުތެއްގައެވެ.

މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 20 ވަނަ ފަރާތެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިގެން ފަރުވާދެމުން ދަނީ 2,307 މީހަކަށެވެ. މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,831 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.