ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފުށް ގުދަނަށް ފެން ނުވަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު އެހެން ވިދާޅުވެފައި ވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި އިއްޔެ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ.

Ad
rt

ޗެނަލް 13 ގެ ޕްރޮގްރާމްގައި އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް ބުނެފައިވާ ބައިގެ ވީޑިއޯ ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައި އަމްރު ވިދާޅުވީ އެސްޓީއޯ ފުށް ގުދަނަށް ފެން ނުވަންނަ ކަމަށެވެ.

"ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ކާޑުގެ ބާވަތް ތަކަކަށް އިރާދަ ކުރެއްވިއްޔާ ނުލިބޭ"

އަމްރު ވިދާޅުވިއެވެ.

ދޮގު ޚަބަރު ފަތުރާތީ މިހާރު ނަސޭޙަތް ދެވިފައިވާ ކަމަށް ވިދާޅުވެ، އަމްރު ވަނީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެފަދަ ޚަބަރުތައް ފެތުރުން ހުއްޓުވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެސްޓީއޯގެ އެމްޑީ އަމްރުގެ އެ ޓުވީޓު ވަނީ، ބްރޯޑްކާސްޓިން ކޮމިޝަން ޓެގް ކުރައްވާފައެވެ.