ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢު ލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް ދަނޑުވެރިކަމާބެހޭ ވުޒާރާގައި ޤާއިމްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދޭގޮތުގައި މިފަދަ ހޮޓްލައިނެއް ޤާއިމްކުރީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށާއި ހޮޓްލައިން ނަމްބަރު 3339237 ގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 14:00 އާއި ދެމެދު ލިބިލައްވާނެކަމަށެވެ.

Ad
rt

ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް މިއަދު ޤާއިމްކުރިއިރު، މީގެ އިތުރުން ވެސް ކޯވިޑް19 ގެ ބަލިމަޑުކަމުގެ މިދުވަސްވަރު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފޯރުކޮށްދެމުންދާ ތަފާތު އެހެނިހެން ޚިދުމަތްތައްވެސް މިނިސްޓްރީއަށް ވަޑައިނުގެން ހޯދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.

މިގޮތުން މިނިސްޓްރީގެ ދަނޑުވެރިކަމާބެހޭ ބައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ހޯއްދެ ވުމަށް ގުޅުއްވާނެ ނަންބަރުތަކަކީ:
1 ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތު ހޯދުން 3339237 އެވެ.
2 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯއްދެވުމަށް 3339242 ނުވަތަ 3339209 އެވެ.
3 ގަސްކާނާ އަދި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާއި ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް 3339242 ނުވަތަ 3339209 އެވެ.
4 ދިރޭޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯއްދެވުމަށް 3339212 ނުވަތަ 3339220 އެވެ.
5 ވެޓެރިނަރީ ކްލިނިކްގެ ޚިދުމަތް ހޯއްދެވުމަށް 3399901 އެވެ.
6 ގަހުގެ ނާސަރީ ރަޖިސްޓްރީކުރުން، ދަނޑުވެރިންގެ ރަޖިސްޓްރީ އަދި ދަނޑުވެރިކަމަށް އެތެރެކުރާ މުދަލުގެ ޑިއުޓީއާއި ގުޅޭ ކަންކަމަށް 3339261 އެވެ.
7 -ޚިދުމަތްތަކަށް އެދި ފޯމު ހުށަހަޅުއްވާނަމަ އީމެއިލް ކުރައްވާނީ admin@fishagri.gov.mv އެވެ.

ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަދު ޤާއިމްކުރިއިރު، މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެ މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ހުޅުވާލާފައެވެ. އަދި މީގެއިތުރުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރިއެރުވުމުގެގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ކުންފުނިތަކަށް ގަތުމުގެ ފުރުސަތު ވެސް
އެ މިނިސްޓްރީގެ ފަރާތުން އިއްޔެ ވަނީ ހުޅުވާލާފައެވެ.