ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އޭގެން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 3 ޖެހި އިރު ކަމަށެވެ.

Ad
rt

އެބޯޓުން 10 މީހުން ދަތުރުކުރިކަމަށާއި ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއް

ބޯޓުގެ ކެޕްޓަންއާއި ހަވާލާދީ އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރޯވެފައިވަނީ އެޕޯލޯ ކުންފުނީގެ ބޯޓެކެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެއެވެ.

ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ މީހެއްކަމެއް އެމްއެންޑީއެފްއިން ނުބުނެއެވެ. އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރަމުން ދާނެކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައި ވަނީ ވިންދު ނަމަކަށް ކިޔާ ކާގޯ ބޮޓެއް ކަމަށެވެ. ބޯޓުގައި ތިބީ ދިވެއްސަކާއި 9 ބިދޭސިން ކަމަށް ވެސް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.

ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.