ޫމޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.
ފާނައިގެ ވިޔަފާރި ނީލަން އުސޫލުން މިފަދައިން ހުޅުވާލީ މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މަސައްކަތް ކުރިއެރުވުމުގެ ގޮތުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތު ދެއެވެ.
ފާނައިގެ މަސްވެރިކަން އާ އުސްމިނަކަށް ޖެހިލިއިރު، އެ މަސްވެރިކަން އާލާކޮށް ދިރުވުމަށް މި އަހަރުގެ ފުރަތަމަ މަހުން ފެށިގެން ޚާއްޞަ މަޝްރޫޢުއެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދަވައެވެ.
އެ މިނިސްޓްރީން ފަށާފައިވާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ[ ދަށުން ފަށާފައިވާ މި މަޝްރޫޢުއަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ. މިގޮތުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާއިރު، އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް އެއްހާސް ކުދި ފާނައާއި ފާނަ ކޮށްޓާއި މަސްކާނާގެ އިތުރުން މި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު އެމް.އެމް.އާރު.އައި ގެ ފައްނީ މުޢައްޒަފުންގެ ފަރާތުން ވަނީ ދީފައެވެ. މިގޮތުން މިހާރު ތިންހާސް ތިންސަތޭކަ ފަންސާސް ތިން ފާނަ މާކެޓް ސައިޒަށް، ބަރުދަނުގައި ހަތަރު ސަތޭކަ ގްރާމަށްވުރެ ބޮޑުކުރެވިފައި ވާއިރު ބޮޑުކޮށްފައިވާ ފާނައިގެ އެންމެ ފަހުގެ ތަފްސީލާއި، ނީލަމާއި ގުޅޭ އިތުރު މައުލޫމާތު މިނި ސްޓްރީގެ ވެބްސައިޓުގެ "އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކާލުމާއި ގުޅޭ މައުލޫމާތު" ގައި އެކުލެވިފައި ވާނެކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލިއިރު، މިއީ ކޮށީގައި ޅަފާނަ ދިރުވާ ބޮޑުކޮށްގެން މި މަސްވެރިކަން ރާއްޖޭގައި ކުރެވޭ ފުރަތަމަ ފަހަރު ވެސް މެއެވެ.
މި ނީލަން ކުރިއަށްދާ އުސޫލުތަކަކީ، ނީލަން ފެށޭ އަގަކީ ފާނައަކަށް ސަތޭކަ ރުފިޔާއެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ ކުޑަ އަގަކީ ފަސްރުފިޔާއެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނޭ އެންމެ މަތީ އަގަކީ ދިހަރުފިޔާއެވެ. ނީލަމުގެ ޖުމްލަ އަންދާސީ އަގަކީ، ފާނައަކަ ށް ހުށަހަޅާ އަގުގެ ނިސްބަތުން، ކޮށިތަކުގައި މާކެޓް ސައިޒަށް ބޮޑުވެފައި ހުރި ފާނައިގެ އަންދާސީ އަދަދަށްވާ ޖުމްލަ އަގު އަދަދެވެ. ވިއްކާލެވޭ ފާނައިގެ އެންމެ ފަހުގެ އަދަދު ކަ ނޑައެޅޭނީ ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ހާޒިރުގައި ފާނަ ގުނާފައެވެ.
މި ނީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން ސާފުކުރަން އެދޭ މައުލޫމާތު ބަޔާންކޮށް، 2020 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 00:10 ގެ ކުރިން mv.gov.fishagri@sfrdp އަށް އީމެއިލް ކުރެއްވުން އެދެއެވެ.
ނީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ.
ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 އޮގަސްޓު 11 ވާ އަންގާރަދުވަހުގެ ހެނދުނު 00:10އާއި 2020 އޮގަސްޓު 14 ވާ ހުކުރު ދުވަހުގެ 00:20 އާއި ދެމެދު mv.gov.mmri.auction ގައި ރަޖިސްޓަރީ ވާންވާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.
ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން mv.gov.mmri.auction މެދުވެރިކޮށް ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު 2020 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 00:08 ން ފެށިގެން 2020 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 00:20 ގެ ނިޔަލަށް ހުޅުވިފައި ހުންނާނެއެވެ.
ފާނަ ގަތުމަށް ހުށަހަޅާ އަގު، ނީލަން ކާމިޔާބު ކުރި ތާރީޚުން ފެށިގެން 3( ތިން( ދުވަހުގެ ތެރޭގައި )2020 އޮގަސްޓު 22 ގެ ކުރިން( ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަންޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި އަގު އަދާކޮށް ނުނިމޭނަމަ، ދެން އެންމެ މަތީ އަގު ހު ށަހެޅި 3 ފަރާތުގެ ތެރެއިން، ނީލަން ނިމުނު އެންމެ މަތީ އަގު ދައްކަން އެއްބަސްވާ ފަރާތަކަށް ފާނަ ވިއްކާލެވޭނެކަމަށް މިނިސްޓްރީއިން ބުނެއެވެ.
މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލިއިރު، ކަޅުބިލަމަހުގެ މަސްވެރިކަން ކުރިއެރުވުމުގެގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ކުންފުނިތަކަށް ގަތުމުގެ ފުރުސަތު ވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އިއްޔެ ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!