އިންޑޮނޭޝިޔާގެ ސުމަޓުރާގައި އަލިފާން ފަރުބަދައެއް ގޮވާ އަޅީގެ މާސިންގާ ވިލާގަނޑެއް އުފެދިއްޖެއެވެ.
އިންޑޮނޭޝިޔާގެ ސުމަޓުރާގައި ހުރި "މައުންޓު ސިނަބަން" ނަމަކަށް ކިޔާ މިއަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ފަރުބަދައިން ބޭރުވާ އަޅިއާއި ދުންތައްވަނީ އެކި ހިސާބުތަކަށް ފެތުރެން ފަށާފައެވެ. އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތަކުން ވަނީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށްޓަކައި އެ ފަރުބަދައާއި 5 ކިލޯމީޓަރު ދުރަށް ދިޔުމަށް އެވިލެޖުގައި ދިރިއުލޭ ފަރާތްތަކަށް އަންގާފައެވެ. އަދި އެވިލެޖުގައި އުޅޭ ފަރާތްތަކުން ދުމުގެ ސަބަބުން ގެއްލުންތަކެއް ލިބިދާނެތީ މާސްކު އެޅުމަށްވަނީ ލަފާދީފައެވެ.
މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދުމާއި އަޅި 5000 މީޓަރު މައްޗަށް އަރައިގެން ދިޔަކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ ހޮނިހިރުދުވަހުން ފެށިގެން މިއަލިފާން ފަރުބަދަވަނީ 3 ފަހަރެއްގެ މަތިން ގޮވާފައެވެ. އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެސަރަހައްދު ވިއްސަކަށް މިނެޓަށް އެކީހެން އަނދިރިވެފައިވާކަމަށާއި ބާރުގަދަ އަޑުފައްގަނޑުތަކެއް އިވިފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅޭމީހަކު އަލްޖަޒީރާއަށް މަޢުލޫމާތު ދީފައިވެއެވެ.
Mount Sinabung volcano in Indonesia erupts, spews volcanic ash into sky#Sinabung #MountSinabung#volcanic#Volcano #Indonesia #mountsinabugvolcano #bbnaijialockdown #ChicagoRiots #PranabMukherjee #schoolsreopeninguk #COVID19 pic.twitter.com/L2zl1j6Xk8
— Rishi Banga (@rishibanga02) August 10, 2020
"މައުންޓު ސިނަބަން" ފަރުބަދަ އަކީ 2010 ވަނަ އަހަރުވެސް ގޮވާފައިވާ ފަރުބަދައެކެވެ. އެފަހަރު އެސަރަހައްދުގައި ދިރިއުޅޭ 2 މީހަކުވަނީ މަރުވެފައެވެ. އަދި 2014 ވަނަ އަހަރު 16 މީހުން މަރުވެފައިވާއިރު 2016 ވަނަ އަހަރު ގޮވުމުގެ ސަބަބުން 7 މީހަކުވަނީ މަރުވެފައެވެ. 2010 ވަނަ އަހަރުން ފެށިގެ އެސަރަހައްދުގައި ދިރިއުޅެމުން އައި 30000 މީހަކު ވަނީ އެސަރަހައްދު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. ކުރީ އަހަރުތަކާއި ހިލާފަށް މިފަހަރުގެ ގޮވުމަކީ ކުރިއަށްވުރެ ބާރުގަދަގޮވުމެއްކަމަށް ރޮއިޓާސްއަށް ދެއްވި އިންޓަރވިއުއެއްގައި ވޮލްކެނޮލޮޖީ އެޖެންސީގެ އޮފިސަލަކު ބުނެފައިވެއެވެ.
Dramatic footage shows a giant cloud of thick ash rising from the peak of Mount Sinabung https://t.co/5LwvWBvuzO pic.twitter.com/H9JjfMR6yJ
— Reuters (@Reuters) August 10, 2020
ސިނަބަންގް އަކީ އިނޑޮނޭޝިޔާގައި ހުރި120 އެކްޓިވް އަލިފާން ފަރުބަދަ ތަކުގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ. އޮންޑޮނޭޝިޔާއަކީ އަލިފާން ފަރުބަދަ ގޮވުމާއި ބިންހެލުން އާންމުކޮން އަންނަ ގައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!