ހުސްވި ޖުލައި މަހު ކުރި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކުރި ހުކުމްތައް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 34 މީހަކު ވަނީ އެކި ޖަލުތަކަށް ގެންގޮސްފައެވެ. އެ 34 މީހުންގެ ތެރޭގައި ހިމެނެނީ ހުކުމްކޮށްގެން ޖަލަށް ލީ 16 މީހުންނާއި، ރިމާންޑު ބަންދުކުރި 18 މީހުންނެވެ.
ކަރެކްޝަންސްގެ ތަފާސް ހިސާބުތައް ބުނާގޮތުން މިދިޔަ މަހު ޖަލަށް ގެންދިޔަމީހުންގެ ގެ ތެރެއިން 43.75 ޕަސެންޓް މީހުން ޖަލަށް ގެންގޮސްފައިވަނީ ފޭރުމާއި ލޫޓުވުމުގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ ޑްރަގުގެ މައްސަލަތަކުގައެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި 37.5 މީހުން ޖަލަށް ގެންގޮސްފައިވެއެވެ.
Monthly statistics of July 2020 pic.twitter.com/xKDZX7oFmn
— Maldives Correctional Service (@CorrectionsMv) August 8, 2020
މީގެ އިތުރުން މަކަރާއި ހީލަތް، ކޮރަޕްޝަނުގެ މައްސަލަތަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކާއި މާރާމާރީއާއި ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގައި ހުކުމްކުރި މީހުން ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!