އަހަރެމެންގެ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އެންމެ ގިނައިން ފަރިއްކުޅުވި ބައެއް ތަކެއްޗާއި އެތަކެތިން ލިބޭ ބައެއް ފައިދާ ދެނެގަތުމަކީ ކޮންމެހެން ވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

މިގޮތުން ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އެންމެ ގިނައިން ފަރިއްކުޅުވި ބައެއް ތަކެއްޗާއި އެތަކެތިން ލިބޭ ބައެއް ފައިދާ މިތާގައި ގެނެސް ދެވޭތޯ މަސައްކަތް ކުރާނަމެވެ.

Ad
rt

ކަދުރު

ކަދުރަކީ ކޮލެސްޓްރޯލް އެކުލެވިގެން ނުވާ މަދުން ފެޓް އެކުލެވޭ އެއްޗެކެވެ. ވިޓަމިން އަދި ތަފާތު މިނަރަލް ތަކުން މުއްސަނދި ވެފައިވާ ކަދުރުގައި ފައިބަރ، ވިޓަމިން އޭ، އަޔަން، ޕޮޓޭސިއަމް، ކެލްސިއަމް، މެންގަނީޒް، ކޮޕަރ އަދި ވިޓަމިން ބީ-6 އެކުލެވެއެވެ. ކަދުރަކީ މާބަނޑު ދުވަސްވަރާއި ވިހައިގެން އުޅޭއިރުވެސް ކާން ފައިދާހުރި އެއްޗެކެވެ. ކަދުރު ފަރިއްކުޅުވުމުގެ އިތުރުން އެކަލޭގެފާނު ކަދުރު ރުއް އިންދުމަށް ވެސް ލޯބި ކުރެއްވިއެވެ.

ބާރްލީ

ބާރްލީއަކީ ހުންއައުން ފަދަ ބަލިތަކަށް ފައިދާ ހުރި އެއްޗެކެވެ. ބާރްލީ ފެނަށް އަޅާފައި ބެހެއްޓުމަށް ފަހު އެ ފެން ބުއިމުން ކެއްސުމާއި ކަރުގައި ރިހުން ފަދަ ކަންކަމުން ލުއިލިބެއެވެ. ހުން އައުމުން ސޫޕެއްގެ ގޮތުގައި ބާރްލީ ބޭނުން ކުރުމުން ހުން މަޑުކޮށްދެއެވެ. މާތް ރަސޫލާ ހަދީސް ކުރައްވާފައި ވަނީ ބާރްލީ އަކީ ހިތާއި، ކިޑްނީއަށް ފައިދާ ހުރި އެއްޗެއް ކަމަށެވެ.

މާމުއި

މާމުއިއަކީ އެތައް ގިނަގުނަ ފައިދާއެއް އެކުލެވޭ މާތް އެއްޗެކެވެ. ކާހިތް ނުވުމާއި، ގޮހޮރުގެ ބަލިތަކަށާއި، ގޮހޮރުގެ ފާރުހިއްކުން ފަދަ ކަންކަމަށް ވެސް މާމުއި ބޭނުންކުރެވެއެވެ. މީގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށް، އަނގަ ދޮވުމަށާއި، ހަންގަނޑު ރީތިކޮށް ބެހެއްޓުން ފަދަ ކަންކަމުގައިވެސް މާމުއި ބޭނުން ކުރެވެއެވެ. ހެނދުނު ހުސްބަނޑާއޮ ހުރެ ތާފަނާ ފެން ފޮދެއް ތެރެއަށް މާމުއި ކޮޅެއް އަޅައިގެން ބޮވިދާނެއެވެ.

ވައްތީނި(ފިގް)

ވައްތީނިއަކީ ސުވަރުގޭގެ މޭވާއެވެ. ވައްތީނިއަކީ ޕައިލްސް ހުންނަ މީހުން ބޭނުން ކުރަން ވަރަށް ފައިދާހުރި މޭވާއެކެވެ. ކެލެރީ ވަރަށް މަަދުން ހުންނަ ވައްތީނިން ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދެއެވެ. މީގެ އިތުރުން މިއީ ބަނޑުގެ ބަލިތައް ލުއިކޮށްދީ ތަފާތު ކެންސަރު ހުންނަ މީހުންނަށް ވެސް ބޭނުން ކުރަން ރަނގަޅު މޭވާއެކެވެ. ކީރިތި ގުރުއާންގައި މާތްﷲ ވަހީކުރައްވަނީ

وَالتِّينِ وَالزَّيْتُونِ" ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ."

މޭބިސްކަދުރު

މޭބިސްކަދުރަކީ ރަސޫލާ ފަރިއްކުޅުވުމަށް ލޯބިކުރެއްވި މޭވާއެކެވެ. މޭބިސްކަދުރުން ލޭ ސާފުކޮށްދީ ، ހަށިގަނޑު ދުޅަހެޔޮކޮށްދީ، ކިޑްނީގެ ބަލިތަކުން ދުރުކޮށްދެއެވެ. މީގެއިތުރުން ގޮހޮރު ސާފު ކޮށްދިނުމަށް ވެސް އެހީވެއެވެ.

ކިރު

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ބުމައިން ދާތިއްކެއް ފުހެލާހާ ފަސޭހައިން ހިތާއި މޭގެ ހޫނު ކިރު ބޭނުން ކުރުމުން ނައްތާލައެވެ." މީގެއިތުރުން މައިބަދައިގައި ވަރު ޖައްސައިދީ، ސިކުނޑި ތަނަވަސް ކޮށްދެއެވެ. މީގެއިތުރުން ލޮލުގެ ފެނުން ސާފުކޮށްދީ ހަނދާން ނެތުން ދުރުކޮށްދެއެވެ. ކިރަކީ ވެސް ޤުރުއާނުގައި ނަންގަނެވިފައިވާ ބުއިމެކެވެ.

16_66.png

"އަދިހަމަކަށަވަރުން ނަޢުމްސޫފީގައި، ތިޔަބައިމީހުންނަށް ޢިބްރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައި މީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ)فضلات، ތަކާއި ލެޔާއި ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ."

ޒައިތޫނި

ބުނެވޭގޮތުގައި ޒައިތޫންޔަކީ ނަބީބޭކަލުންގެ ފަރިއްކޮޅެވެ. ހަންގަޑާއި އިސްތަށިގަނޑަށް ފައިދާ ހުރި ޒައިތޫނިން ޒުވާންކަން ދަމަހައްޓައިދީ، ބަނޑުގެ ފާރުހިއްކަން އެހީތެރިވެއެވެ. ޒައިތޫންޏަކީ ޤުރުއާނުގައި 7 ފަހަރު ބަޔާން ވެގެންވާ އެއްޗެއްކެވެ.

އަންނާރު

ރަސޫލާ ހަދީސް ކުރައްވާފައި ވަނީ އަންނާރު ބޭނުން ކުރާމީހަކު ސައިތޯނާގެ ކިބައިން ސަލާމަތްވެ، ސައިތޯނީ ވަސްވާސްތަކުން 40 ދުވަސް ވަންދެން ރައްކާތެރި ކޮށްދޭނެ ކަމަށެވެ.

ވިނިގަރ

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޒައިތޫނި ތެލާއިއެކު ވިނިގަރ ފަރިއްކުޅުވިއެވެ. ވިނިގަރ އިން ހަކުރު ދަށް ކޮށްދީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެއެވެ. މީގެ އިތުރުން ހަމުގެ ބަލިތަކުން ރައްކާތެރިކޮށްދީ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާއިން ރައްކާތެރި ކޮށްދެއެވެ.